logo
World

އީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 14:14
އީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި

އީރާނުގެ ވައިގެ ސަރަޙައްދު، އެތެރޭގެ އަދި ބައިނަލްއަގްވާމީ ދަތުރުފަތުރަށް އަލުން ހުޅުވާލާފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ބުނީ، ތެހެރާނުގެ މެހެރްއާބާދު އަދި އިމާމް ޚުމައިނީ ބައިނަލްއަގްވާމީ އެއާޕޯޓުގެ އިތުރުން، އުތުރު، އިރުމަތި، ހުޅަނގު، އަދި ދެކުނު ސަރަހައްދުތަކުގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ހުކުރު ދުވަހުން ފެށިގެން އަލުން ފަށާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ފާރަވެރިވުމަށް ފުރުޞަތު ދިނުމަށާއި ޔުރޭނިއަމް ފައްކާކުރުން ހުއްޓައިލުމްށް އީރާނުން އެއްވަސްވެފައިނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ހުރަސްއެޅުމަށް ކަމަށް ބުނެ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ.

އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. ޙަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ފަނާކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.

ޖުލައި މަހުގެ 5ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ ޙަމަލާތަކުގެ ސަބަބުން އިރާނުގެ ނިއުކްލިޔަރ މަޝްރޫޢު ދާއިމީގޮތަކަށް ހުއްޓުވާފައިވާ ކަމަށެވެ. އީރާނުން ނިއުކްލިޔަރ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ނަމަ އެ ޤައުމަށް ދެން ޖެހޭނީ އައު ސަރަޙައްދެއްގައި އެ މަސައްކަތް ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ. ޖުލައި މަހުގެ7ވަނަ ދުވަހު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ޓްރަމްޕް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުމުގައި އީރާނުގެ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށުމަށް ބާރު ލިބުނީ، އަދި ޚާރިޖީ ގޮތުން ރައްކާތެރިކަން ލިބުނީ އީރާންގެ ނިއުކްލިޔަރ މަޝްރޫޢު މޮނިޓަރުކުރަމުން ދިޔަ އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައިއޭއީއޭ)އާއެކު ހަދާފައިވާ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށް އެ އިދާރާއިން ތުހުމަތު ކުރުމާ ގުޅިގެން ކަމަށް އީރާނުން ޤަބޫލުކުރެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | މަހެއް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | މަހެއް ކުރިންއީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި World | 2 މަސް ކުރިންމި އުޅެނީ އިރާން ރައްޔިތުންނަށް މިިނިވަންކަން ހޯދައިދޭން، މިހާރުގެ ވެރިކަން ވައްޓާލާނަން: ނަތަންޔާހޫދުނިޔެ | 2 މަސް ކުރިން