logo
Bank of Maldives

Bank of Maldives

World

އުރުދުންގެ އެހީއާއެކު އީރާނުން ފޮނުވާލި ޑްރޯން ޙަމަލާ ހުއްޓުވައިފި

އަޙްމަދު ޒަލީފް
13 ޖޫން 2025 - 09:33
އުރުދުންގެ އެހީއާއެކު އީރާނުން ފޮނުވާލި ޑްރޯން ޙަމަލާ ހުއްޓުވައިފި

ރައްދު ޙަމަލާއެއްގެ ގޮތުގައި އީރާނުން އިސްރާޢީލަށް އުދުއްސާލި 100 އެއްހާ ޑްރޯން ޙަމަލާ ހުއްޓުވައިފިއެވެ.

މި ޙަމަލާތައް ހުއްޓުވާފައިވަނީ އުރުދުންގެ ބޮޑު އެހީތެރިކަމަކާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުރުދުންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓާއި ވައިގެ ދިފާޢީ ނިޒާމުން އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އީރާނުގެ ޑްރޯންއާއި މިސައިލު ހުއްޓުވާފައިވާ ކަން އެ ޤައުމުންވެސް ވަނީ ޔަޤީން ކޮށްދީފައެވެ.

ފަތިހުގެ ވަގުތެއްގައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފައެވެ.

އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި ކުޑަކުދިންތަކެއް ވެސް ޝަހީދުވެފައިވެއެވެ.

އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން 100 އަށްވުރެ ގިނަ ޑްރޯން ޙަމަލާގައި ބޭނުންކޮށްފައި ވަނީ ޝާހެދު ޑްރޯނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ ސުންނާފަތިކުރުން ކުރިއަށް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރެއިޑެއް!ދުނިޔެ | 16 ގަޑިއިރު ކުރިންއިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެދުނިޔެ | 23 ދުވަސް ކުރިންނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިޚަބަރު | 25 ދުވަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅުދުނިޔެ | މަހެއް ކުރިން