logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާ ސުންނާފަތިކުރުން ކުރިއަށް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރެއިޑެއް!

ޒިދާން މުޙައްމަދު
2 ޑިސެމްބަރު 2025 - 09:21
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަަމަލާތަކެއް ---
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަަމަލާތަކެއް ---

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓޭ ކަމަށާއި މިއަދު އެކަނިވެސް ގިނަ އަދަދެއްގެ އާންމު ގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުގެ ޓެރަރިސްޓުން ދަނީ ޣައްޒާގެ އިރުމަތީ ސަރަހައްދުތަކުގައި ހުރި ގެތައް ތަޅާލައި ހަލާކުކޮށްލަމުންނެވެ. މީގެ އިތުރުން ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ފަރާތުގައި އިސްރާއީލުގެ ޓެރަރިސްޓުން ދިން ނިރުބަވެރި ބަޑީގެ ހަމަލާތަކެއްގައި ވަނީ މީހަކު ޝަހީދުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ވެރިރަށް ހެބްރޮންގައި އިސްރާއީލުގެ ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލު ޓެރަރިސްޓުން ވަނީ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ތިން ހޮސްޕިޓަލެއްގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ވަދެ ހަމަލާދީފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،100 މީހުން ޝަހީދުވެ، 170،965 މީހުން ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސުނަ ދިން ހަމަލާތަކުގައި މަރުވީ މިހާތަނަށް 1،139 މީހުންނެވެ. 200 އެއްހާ މީހުން ހައްޔަރު ކުރިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލެއްނުކުރޭ، ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި: ޤަތަރުދުނިޔެ | 2 ދުވަސް ކުރިންހަނގުރާމަ ހުއްޓާލާފައިވާ ކަމާމެދު އިތުރު ސުވާލެއް: ޔަހޫދީ ދައުލަތުގެ އަންނަ އަހަރުގެ "ދިފާއީ" ބަޖެޓަށް 34.63 ބިލިއަން ޑޮލަރުދުނިޔެ | 3 ދުވަސް ކުރިންއިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކޮށްފިޚަބަރު | 4 ދުވަސް ކުރިންޣައްޒާ ސުންނާފަތިކުރުން ކުރިއަށް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރެއިޑެއް!ދުނިޔެ | 6 ދުވަސް ކުރިން