logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފި

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 09:23
އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފި

އެމެރިކާ އާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފަށައިފިއެވެ.

މި ޙަމަލާތަކެއް ދީފައި މި ވަނީ، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭހެން އެމެރިކާގެ ބިޔަ އަސްކަރީ ލަޝްކަރެއް އީރާން ކައިރިއަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނަށް ހަމަލާދޭން ފެށިކަން އިސްރާއީލުން ވެސް އަދި އެމެރިކާ އިން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި ރައްދުގައި އީރާނުން ވެސް މިހާރުވަނީ ހަމަލާދޭން ފަށާފައެވެ.

އެގޮތުން އީރާނުން ފޮނުވާލާފައިވާ މިސައިލްތަކެއް ބަހުރޭނާ ދިމާލަށް ދަތުރުކުރަމުންދާކަމުގެ ރުޕޯޓުތައް ދނީ ލިބެމުންނެވެ.

ހުސްވި އަހަރުގެ ޖޫން މަހު ވެސް ޔަހޫދީން ވަނީ އީރާންގެ ރަށްތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގަމުންދާ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވެސް ބައިވެރިވިއެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަހަށް ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައިވާ ކަން އިޢުލާނު ކުރީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒެވެ. މިއީ، ދިފާޢީ ގޮތުން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރި ނަމަވެސް، ޔަހޫދީން އަނެއްކާ ވެސް މި ވަނީ އީރާންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމާ ދެކޮޅަށް ހަނގުރާމައިގެ އަމަލެއް ހިންގާފައެވެ. އީރާންގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކާ ގުޅިގެން ބާރުގަދަ ގޮވުންތަކެއް ގޮވަމުންދާ އަޑުތައް އިވެމުންދާ ކަމުގައި އެ ޤައުމުގެ މީޑިޔާތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ތަހްރާން ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފިދުނިޔެ | 2 ގަޑިއިރު ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 5 ގަޑިއިރު ކުރިންއިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީދުނިޔެ | ދުވަހެއް ކުރިންއިސްރާއީލު މައިތިރިއެއްނުވޭ؛ ލުބުނާނަށް ބޮން އަޅަނީދުނިޔެ | 5 ދުވަސް ކުރިން