logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާ ނުލައި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މަޝްރޫއެއް ޔޫރަޕްގެ ގައުމުތަކުން ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 14:06
އެމެރިކާއާ ނުލައި ހޯރްމޫޒް އަލުން ހުޅުވާލުމުގެ މަޝްރޫއެއް ޔޫރަޕްގެ ގައުމުތަކުން ފަށަނީ

އެމެރިކާގެ ބައިވެރިވުމެއް ނެތި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މަޝްރޫއެއް ވިލާތުގެ ގައުމުތަކުން ކުރިއަށް ނެރެމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައިވާ ރިޕޯޓަކުން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޝިޕިންގ ކުންފުނިތަކުގެ މެދުގައި އިތުބާރު އުފެއްދުމާއި، ކަނޑުގެ މައިންތައް ނައްތާލައި، އުޅަނދުފަހަރު ދަތުރުކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައިނަލްއަގުވާމީ ފައުޖެއް އެކުލަވާލުމުގެ މި މަސައްކަތުގައި އިސްކޮށް އުޅެނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަޝްރޫއުން އެމެރިކާ، އިސްރާއީލް އަދި އީރާން ބާކީކުރެވޭނެއެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވިދާޅުވި ގޮތުގައި، މި މިޝަނަކީ ބައިނަލްއަގުވާމީ ދިފާއީ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ތެރޭގައި "ހަނގުރާމަވެރި ފަރާތްތައް" ނުހިމެނޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާގޮތުގައި ވިލާތުގެ މި ފައުޖުތައް ހަރަކާތްތެރިވާނީ އެމެރިކާގެ ކޮމާންޑުގެ ދަށަކުން ނޫނެވެ. މި ހުށަހެޅުމުގެ ދަށުން، ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި، މައިން ނައްތާލާ އުޅަނދުފަހަރު ހިމެނޭހެން އަސްކަރީ މަނަވަރުތައް ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އަސްކަރީ ގޮތުން ބައިވެރިވުމަށް މިހާތަނަށް ފަސްޖެހެމުން އައި ޖަރުމަނުވިލާތުން ވެސް މި މަސައްކަތުގައި ބައިވެރިވުން އެކަށީގެންވެއެވެ.

މީގެ ކުރިން ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ މެދުގައާއި އެމެރިކާގެ ދައުރާމެދު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެމެދު ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ވިލާތުގެ ގައުމުތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައިވަނީ އެމެރިކާގެ ބައިވެރިވުމުގެ ސަބަބުން އީރާނުން މާ ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެދާނެތީއެވެ.

މި މަޝްރޫއުގެ ކާމިޔާބީއަށްޓަކައި، ކަނޑުއޮޅީގައި ހިންގާ ކޮންމެ ކަނޑުގެ މިޝަނެއް ވެސް އީރާނާ ގުޅިގެން ވިލަރެސްކުރަންޖެހޭނެ ކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޖަރުމަނުވިލާތުން މިކަމާ މެދު ނިންމާ ގޮތެއް އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި ދެކޮޅަށްކުރާ ހަނގުރާމަ ނުނިމޭ: ނަތަންޔާހޫދުނިޔެ | 6 ދުވަސް ކުރިންއީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑު: ޓްރަމްޕްދުނިޔެ | 9 ދުވަސް ކުރިންމެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީދުނިޔެ | 12 ދުވަސް ކުރިންހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން އެކުވެރިންގެ ކިބައިން އެހީތެރިކަމަށް އެދިއްޖެދުނިޔެ | 14 ދުވަސް ކުރިން