logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައި: ޓްރަމްޕް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 03:48
ހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައި: ޓްރަމްޕް

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ މަސްރަހު ނިމުމަކާ ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންޓަވިއުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކާއި، މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕް ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ހަނގުރާމަ ހަގީގަތުގައިވެސް ނިމުނީތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އޭނަ ގަބޫލުކުރަށްވާ ގޮތުގައި ހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިއޮތީ ނިމުމާ ވަރަށް ގާތްވެފައި. އަހަންނަށް ފެންނަ ގޮތުގައި މަސްރަހު މިއޮތީ ނިމުމާ ވަރަށް ބޮޑަށް ކައިރިވެފައި،" ޓްރަމް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާއިން އެ ސަރަހައްދުން މުޅިން ވަކިވެއްޖެނަމަ، އީރާން އަލުން އާރާސްތުކުރަން އެ ގައުމަށް 20 އަހަރު ނަގާނެއެވެ.

"އަދި އަހަރެމެން ނުނިންމަން، ވާގޮތެއް ބަލަމާ ހިނގާ. އަހަރެން ހީކުރަނީ އެމީހުން ހަގީގަތުގައިވެސް އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ނިންމި ނިންމުމަށް ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ހަމަލާ ނުދިންނަމަ މިހާރު ކުރިމަތިލާން ޖެހޭނީ ނިއުކްލިއާ ހަތިޔާރު ހުރި އީރާނަކާ ކަމަށެވެ.

މި މައުޟޫއުގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ހަމައެކަނި ވަގުތީ ނުވަތަ ހަނި އެއްބަސްވުމެއްގެ ބަދަލުގައި "ޖާމިއު" ނުވަތަ ފުރިހަމަ އެއްބަސްވުމެއް ގާއިމުކުރުމަށް ކަމަށެވެ. ވޭންސް ސިފަކުރެއްވި ގޮތުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ފުޅާ އިސްތިރާތީޖީއެއްގެ ބައެކެވެ.

"ރައީސް އީރާނަށް ހުށަހަޅުއްވަނީ ވަރަށް ސާދާ ކަމެއް. ތިޔަބައިމީހުން އާދައިގެ ގައުމެއްގެ ގޮތުގައި އަމަލުކުރަން ތައްޔާރުނަމަ، އިގްތިސާދީ ގޮތުން އާދައިގެ ގައުމަކަށް ކުރާ މުއާމަލާތް ތިޔަބައިމީހުންނާ ކުރަން އަހަރެމެން މިތިބީ ތައްޔާރަށް،" ވޭންސް ވިދާޅުވިއެވެ.

މިވަގުތު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައި އޮތް އޮތުން އަދިވެސް ދެމިއޮތްއިރު، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެމެރިކާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި ދެކޮޅަށްކުރާ ހަނގުރާމަ ނުނިމޭ: ނަތަންޔާހޫދުނިޔެ | 6 ދުވަސް ކުރިންއީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑު: ޓްރަމްޕްދުނިޔެ | 9 ދުވަސް ކުރިންމެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީދުނިޔެ | 12 ދުވަސް ކުރިންހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން އެކުވެރިންގެ ކިބައިން އެހީތެރިކަމަށް އެދިއްޖެދުނިޔެ | 14 ދުވަސް ކުރިން