logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފި

ޒިދާން މުޙައްމަދު
13 އޭޕްރީލު 2026 - 18:06
އިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފި

އިސްރާއީލާއެކު އެއްވެސް މަޝްވަރާއެއް ބޭއްވުމަށް ލުބުނާނުގެ ހިޒްބުالله އިން ދެކޮޅު ހަދައިފިއެވެ.

ހިޒްބުاللهގެ ލީޑަރު ނާއިމް ޤާސިމް ވަނީ އިސްރާއީލާއެކު މަޝްވަރާކުރުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވެ، އެއީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ މިފަދައިން ވިދާޅުވީ، އިސްރާއީލުން ލުބުނާނުގެ ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތަކެއް ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިކަމަށް މަގުފަހިވެފައި ވަނީ އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔެޗިއެލް ލެއިޓާ ލުބްނާނުގެ ރައީސް ނަދާ ހަމާދު މޮއަވާދު އާ ފޯނުން ގުޅައި މަޝްވަރާއަށް އެދުމުންނެވެ.

އެހެން ނަމަވެސް އެފަދަ ކަމަކަށް ހިޒްބުالله ދެކޮޅުކަން ހާމަކުރައްވައި އެ ޖަމާއަތުގެ ލީޑަރު ވިދާޅުވީ އިސްރާއީލުން މަސައްކަތް ކުރަނީ ލުބްނާނުގެ ރައްޔިތުންގެ މެދުގައި ފަސާދަ އުފައްދަން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ދައުލަތާ މަޝްވަރާކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން އެޕްރީލު 14 ވަނަ ދުވަހު ވޮޝިންގްޓަނުގައި ބޭއްވުމަށް ނިންމާފައިވާ ކަން ލުބުނާން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ލުބްނާންގެ ރައްޔިތުން ޝަހީދުކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިނުލާނެ ކަމުގައި އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ހިޒްބުالله އިން ހަތިޔާރު ބެހެއްޓުމަށް އިންކާރުކުރާ ނަމަ، ޢުދުވާންތައް ހުއްޓައިނުލާނެ ކަމުގައި އޭނާ ބުނެފައިވާއިރު، ވޮޝިންގްޓަނުގައި އިސްރާއީލާ ބައްދަލުކުރުމަށް ލުބުނާން ސަރުކާރުން އެއްބަސްވުމުން ޙިޒްބުالله އިން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | 18 ދުވަސް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | މަހެއް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | މަހެއް ކުރިންލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެދުނިޔެ | މަހެއް ކުރިން