logo
Bank of Maldives

Bank of Maldives

ޚަބަރު

ނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ނޮވެމްބަރު 2025 - 02:09
ނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް އިސްރާއީލީ އޮފިޝަލުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފިއެވެ.

މި އަމުރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ. މި ފިޔަވަޅަކީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުރު ދުވަހު އިސްތަންބުލް ޕްރޮސެކިއުޓަރގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖުމްލަ 37 މީހެއްގެ މައްޗަށް މި އަމުރުތައް ނެރެފައިވެއެވެ. މި ލިސްޓުގައި ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް، ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގެވިރް އަދި ސިފައިންގެ އެންމެ އިސްވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރް ހިމެނެއެވެ. ތުރުކީން މި އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޣައްޒާގައި "ނަސްލު ނައްތާލުން އަދި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ސިސްޓަމެޓިކްކޮށް" ހިންގަމުން ގެންދިއުމެވެ.

ތުރުކީގެ ޕްރޮސެކިއުޓަރުން ފާހަގަކުރެއްވި ކުށްތަކުގެ ތެރޭގައި އެތައް ހާދިސާއެއް ހިމެނެއެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރުވުން ހިމެނެއެވެ. އަދި ޣައްޒާ ބްލޮކޭޑްގެ ދަށަށް ގެނެސް، އިންސާނީ އެހީތެރިކަން ލިބުން ހުއްޓުވާލުން ވެސް ހިމެނެއެވެ. މީގެ އިތުރުން، ތުރުކީން ޣައްޒާގައި އިމާރާތްކޮށްފައިވާ "ޓަރކިޝް-ޕެލެސްޓީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާރޗް މަހު އިސްރާއީލުން ބޮމުން ހަމަލާދިންކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ތުރުކީން މި ފިޔަވަޅު އަޅާފައި މިވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް "ހަނގުރާމައިގެ ކުށްތަކުގެ" ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރު ނެރުނުތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. މީގެ އިތުރުން، ތުރުކީއިން ވަނީ ޔުނައިޓެޑް ނޭޝަންސްގެ ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައިސީީޖޭ) ގައި ސައުތު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ނަސްލީ މަރުގެރުމުގެ ތުހުމަތު ކުރުމުގެ މައްސަލައަށް ތާއީދުކޮށްފައެވެ. މި ހުރިހާ ކަމަކުން ދައްކުވައިދެނީ ޣައްޒާގައި އިސްރާއީލުން ހިންގާ އަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރެއިން އަންނަ ފިއްތުންތައް އިތުރުވަމުންދާ ކަމެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 68,875 ފަލަސްޠީން ރައްޔިތުން ޝަހީދުވެ، 170,679 މީހުން ޒަޚަމްވެފައިވާކަން ފާހަގަކުރެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިޚަބަރު | 5 ގަޑިއިރު ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅުދުނިޔެ | ދުވަހެއް ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | ދުވަހެއް ކުރިންޑަބްލިއު.ޓީ.އެމް 2025 ގެ ތެރެއިން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއްޚަބަރު | 3 ދުވަސް ކުރިން