logo
Bank of Maldives

Bank of Maldives

ޚަބަރު

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި

ނިރުބަވެރި ޔަހޫދީ ދައުލަތް އިޒްރޭލުން، އީރާނަށް ދިން ޙަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދީ ސުލްހަ މަސަލަސްކަމަށް ނުރައްކާވާ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ހަމަލާތައް އިތުރުވުމުގެ ކުރިން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 

އެ ޕޯސްޓުގައި ރައީސް ވަނީ މި ޙަމަލާތަކުގެ ސަބަބުން އީރާނުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށާއި، މުޅި ދުނިޔެއަށްވެސް ނުރައްކާތެރި އަސަރުތަކެއް ކުރާނެކަމުގައި ވެސް ފާހަގަކުރައްވާފައެވެ.

އިޒްރޭލުން އިރާނުގެ ނިއުކްލިއާ ހަތިޔާރުތައް އުފައްދާ ތަންތަނަށާއި އާންމު ބައެއް ތަންތަނަށް ޙަމަލާދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ޙަމަލާގެ ބަދަލެއްގެ ގޮތުން އިޒްރޭލަށް އަމާޒުކޮށް އީރާނުން ވެސް މިއަދުގެ މެންދުރުގެ ވަގުތެއްގައި ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އިޒްރޭލުގެ މި ހަމަލާގައި އީރާނުގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނާއި ސައިންޓިސްޓުން ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ހަމެނީ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގައި އަލުން ހަނގުރާމައިގެ ހުޅު ރޯވަނީދުނިޔެ | ދުވަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމަށް އީރާނުން ހުށަހަޅައިފިދުނިޔެ | 8 ދުވަސް ކުރިންތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ 'ލޮލަކަށް ބޮލެއް' ނަގާނެކަމުގެ އިންޒާރު އީރާނުން ޓްރަމްޕަށް ދީފިދުނިޔެ | 9 ދުވަސް ކުރިންއިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފިދުނިޔެ | 14 ދުވަސް ކުރިން