logo
World

އިސްރާޢީލުން އަނެއްކާވެސް އީރާނަށް ހަމަލާދީފި

އަޙްމަދު ޒަލީފް
13 ޖޫން 2025 - 09:57
އިސްރާޢީލުން އަނެއްކާވެސް އީރާނަށް ހަމަލާދީފި

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އިރާނުގެ އެއާޕޯޓެއް ކައިރިއަށް އިތުރު ހަމަލާއެއް ދީފިއެވެ.

އަލްޖަޒީރާ އާއި އިރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާ ބޯޓުތަކުން އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް އެއާޕޯޓު ކައިރީގައި ވައިގެ ހަމަލާތަކެއް ދާދި ދެންމެ އަކު ވަނީ ދީފައި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އެއާޕޯޓު ކައިރީގައި އޮންނަ ރޭލްވޭ ޓްރެކްތަކުގެ ކައިރީގައި ވެސް ހަމަލާތައް ދީފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާގެ ބަދަލުގައި އިރާނުން އިސްރާއީލަށް ދިން ޑުރޯން ހަމަލާ ވަނީ ނާކާމިޔާބުވެފައެވެ.

އިރާނުން އިސްރާއީލަށް ހަމަލާތަކެއް ދީފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން އިރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށާއި އާންމު ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން ޔަހޫދީންނާއި ދެކޮޅަށް 100 ޑްރޯން އާއި މިސައިލްތަކެއް އިރާނުން ވަނީ ފޮނުވާލާފައެވެ.

އިރާނުން މި މިސައިލްތައް ފޮނުވާލަން ތައްޔާރުވި ހިސާބުން އުރުދުން އިން ވަނީ އިސްރާއީލުގެ ދިފާއުގައި އޮންނާނެކަން ހާމަކޮށް، އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެއާއި އެކީ އުރުދުން އިން ވަނީ އިރާނުން އިސްރާއީލާއި ދެކޮޅަށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.

އޭގެ ފަހުން އިސްރާއީލުގެ އަސްކަރިއްޔާގެ މަސްދަރުތަކާއި ހަވާލާދީ، އެގައުމުގެ މީޑިއާތަކުން ބުނީ، އިރާނުގެ އެއްވެސް ޑްރޯނެއް އަދި މިސައިލެއް އަމާޒަށް ވާސިލުވެފައި ނުވާ ކަމަށެވެ. އެހެން ކަމުން އިރާނުން ދިން ހަމަލާއަކީ ނާކާމިޔާބީއެއް ކަމަށް ވަނީ ބުނެފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | މަހެއް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | މަހެއް ކުރިންއީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި World | 2 މަސް ކުރިން