އިރާނަށް ދިން ހަމަލާގައި އެމެރިކާގެ ބައިވެރިވުން އޮތްކަމަށް ޓްރަމްޕަށް ބުނެވިއްޖެ


13 ޖޫން 2025 - 10:14
އިސްރާއީލުން މިއަދު އިރާނަށް ދިން ހަމަލާތަކުގައި ބައިވެރިނުވާ ކަމަށް ތަކުރާރުކޮށް ބުނުމަށްފަހު އެންމެ ފަހުން އެމެރިކާގެ ބައިވެރިވުން ހަމަލާތަކުގައި އޮތްކަމަށް އެމެރިކާގެ ރައީސް ޓްރަމްޕަށް ބުނެވިއްޖެއެވެ.
ވައިޓް ހައުސް މިއަދު ބުނެފައިވަނީ އެއްވެސް ޢަސްކަރީ ހަރަކާތެއްގައި އެމެރިކާ އެއްވެސް ސިފައިންގެ މީހެއް އަދި އުޅަނދެއް ވެސް ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ނަމަވެސް އޭރުވެސް އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ އެމެރިކާގެ ހުއްދައާއި އެއްބާރުލުމާ އެކު ދީފައިވާ ހަމަލާއެއްކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
މެންދުރެއްހާއިރު ޓުރަމްޕްކުރި ޓްވިޓުގައި ހަރުކަށި އިންޒާރުތަކެއް އީރާނަށް ދީފައިވާއިރު އިސްރާއީލުން އިރާނުގެ ހުރިހާ އެއްޗެއް ނައްތާ ނުލަނީސް އެމެރިކާއާއެކު ޑީލެއް ހެދުމަށް ގޮވާލާފައިވެއެވެ. އެހެންނޫންނަމަ ކުރިއަށްއޮތީ މާ ނުރައްކާތެރި ހަމަލާތަކެއްކަމަށް ޓްރަމްޕް ވަނި ބުނެފައެވެ.
ޓްރަމްޕް ބުނީ ދުނިޔޭގެ އެންމެ ޒަމާނީ ހަތިޔާރު އުފައްދަނީ އެމެރިކާއިންކަމަށާއި އެމެރިކާއިން އުފައްދާ ހަތިޔާރު އިސްރާއީލަށް ދޭނެކަމަށެވެ.
"އަހަރެމެންގެ ހަތިޔާރުތައް އިސްރާއީލަށް ދޭނެކަން އީރާނަށް ނޭނގެނީތަ" ޓްރަމްޕް
ކުރިއަށް ރޭވިފައިވަނީ މާ އަނިޔާވެރި ހަމަލާތަކެއްކަމަށާއި އެހަމަލާތައް ތަހައްމަލުކުރަން ބޭނުންނޫންނަމަ އިސްރާއީލުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ޖެހުމަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ.
ހަމަލާތަކާ ގުޅިގެން އާދީއްތަ ދުވަހު އެމެރިކާއާއެކު ބާއްވާ ނުސީދާ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ރަސްމީކޮށް އީރާނުން ވަނި އިއުލާނުކޮށްފައެވެ. ޓްރަމްޕްގެ އިންޒާރު މިއައީ މިކަމާ ގުޅިގެންނެވެ.
ޓްރަމްޕްހގެ މި ވާހަކަތަކާ ގުޅިގެން ބައިނަލްއަގްވާމީ މީޑިއާތަކުން ބުނީ ޓްރަމްޕްގެ މި ބަޔާނުން ދޭހަވަނީ އެމެރިކާއާއި އިސްރާއީލުން އިރާނަށް އިތުރު ހަމަލާތަކެއް ދޭން ރާވާފައިވާކަމަށެވެ. އަދި މިހާރު ވެސް ހަމަލާ ދެނީ 2 ގައުމު ގުޅިގެންކަން މުޅި ދުނިޔެއަށް މިހާރު ސާފުވާނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
10 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
10 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
9 މަސް ކުރިން