logoEN
ޚަބަރު

ފިޗުން ރާއްޖޭގެ ރޭޓިން ދެމެހެއްޓުމުގެ ފަހަތުގައި ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތައް

މުހައްމަދު މޫސާމުހައްމަދު މޫސާ

13 ޖޫން 2025 - 10:30

ފޭބި އެމްޑީޕީގެ ސަރުކާރުން ބަނގުރޫޓްކޮށްލާފައިވާ ރާއްޖޭގެ އިގްތިޞާދާއި، ''ލޫޓްވާލާފައިވާ'' ދައުލަތުގެ މާލިއްޔަތު ސަލާމަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއއްޒުގެ ސަރުކާރަށް ކުރިމަތިވީ ދަތި އުނދަގޫ ދަތުރަކާއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ދުރުވިސްނޭ ތަޢުލީމީ ސިކުނޑިފުޅުން މި ދަތިކަމަށް ފަރުވާ ހޯއްދަވައި، ހަރުދަނާ، ކެރޭ ފިޔަވަޅުތަކާއެކު ޤައުމުގެ އިޤްތިޞާދު ފަހި ދުވެއްޔެއްގައި ދަތުރުފެށި މަންޒަރު އެބަ ފެނެއެވެ. އެ މަންޒަރު އެންމެ ބޮޑަށް ސިފަކޮށްދެނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް ގައި ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދެމެހެއްޓުމެވެ. މިއީ ދިވެހި ސަރުކާރުގެ މެކްރޯ އިކޮނޮމިކް ސިޔާސަތުތަކާއި އިޞްލާޙީ އެޖެންޑާއަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެކެވެ.

އިޤްތިޞާދީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ 'ސީސީ' ގައި ދެމެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ނަތީޖާއެކެވެ. މިއީ ކުރީގެ ސަރުކާރުން ބަނގުރޫޓްކޮށްލާފައިވާ ރާއްޖޭގެ އިގްތިޞާދާއި، ލޫޓްވާލާފައިވާ ދައުލަތުގެ މާލިއްޔަތު ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީއެކެވެ.

ފިޗްގެ މި ނިންމުމުގައި ފާހަގަކޮށްފައިވަނީ ފަހަކަށް އައިސް ފެނިފައިވާ ރަނގަޅު ކުރިއެރުންތަކެކެވެ. މީގެ ތެރޭގައި:

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުން: 2026 ވަނަ އަހަރު ޖީޑީޕީ 6.0 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަމާޒުކޮށްގެން ކުރިއަށްގެންދާ ސްޓްރެޓެޖީތަކުގެ ނަތީޖާއެކެވެ.

ބޭރު ފައިސާގެ ރިޒަރވް އިތުރުވުން: އޭޕްރީލް 2025 ގައި އޮފިޝަލް ރިޒަރވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މިއީ ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުން އައިސްފައިވާ ކުރިއެރުމެކެވެ.

ފިސްކަލް ސަރޕްލަސް: 05 ޖޫން 2025 ގެ ނިޔަލަށް، ދިވެހިރާއްޖެއިން ވަނީ ޖުމްލަ 71.0 މިލިއަން އެމެރިކާ ޑޮލަރުގެ ފިސްކަލް ސަރޕްލަސްއެއް ރެކޯޑުކޮށްފައެވެ. މިއީ އާމްދަނީ ހޯދުމުގެ ޕަރފޯމަންސް ރަނގަޅުވުމާއި ސަރުކާރުން ތަންފީޒުކުރި ބަޖެޓް ކޮންޓްރޯލްތަކުގެ ނަތީޖާއެކެވެ.

މި ނަތީޖާތައް ޙާޞިލުވެފައިވަނީ ސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރުމާއި އިޞްލާޙުތައް ގެނައުމުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ބަލާއިރު،

ބޭރު ފައިސާގެ ކަންކަން ބެލެހެއްޓުން: ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުން.

މާލީ ޒިންމާދާރުކަން: ބަޖެޓް ކޮންޓްރޯލްތައް ތަންފީޒުކުރުމާއި، މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލުން.

މުއައްސަސާތައް ވަރުގަދަކުރުން: ދައުލަތުގެ މާލިއްޔަތު ދެމެހެއްޓެއްޓެނިވި މަގެއްގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތްތައް.

މި ހުރިހާ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުމަށާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ބައިވެރިންނަށް ފަހި މާޙައުލެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އަމާޒުގެ ނަތީޖާއެވެ.

ސަރުކާރުން ޔަޤީންކޮށްދެނީ މާލީ ޒިންމާދާރުކަމާއި ދުރު ރާސްތާގެ މާލީ ދުޅަހެޔޮކަމަށް ސަރުކާރުން ފުރިހަމައަށް އަޒުމު ކަނޑައަޅާފައިވާކަމެވެ. މިހާރު ކުރިއަށްދާ އިޞްލާޙުތަކަކީ އިންވެސްޓަރުންގެ އިތުބާރު އިތުރުކޮށް، އިޞްލާޙީ ފިޔަވަޅުތައް އަޅައި، އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، ދުރު ރާސްތާގެ އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ކުރެވޭ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ.

ޤައުމަށް ދެރައެއްކަމަށް ދައްކައި އިދިކޮޅުން އަތްޖަހަނީ އެބައިމީހުންގެ އަމިއްލަ އެދުންނޫންކަމެއް ނެތުމުން

މިއަދު ޤައުމު ހަލަބޮލިކޮށް، ޤައުމަށް އިގްތިސޯދީ ގެއްލުން ދިނުމުގައި އެމްޑީޕީން ދެމިތިބިއިރު، 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ ނުހަނު ދަށު ދަރަޖައަކަށް ސޮއްސާލާފައެވެ. ރާއްޖޭގައި ވޭތުވި 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ. މިއީ ޤައުމުގެ އިގްތިސާދަށް ނުހަނު ބޮޑު ގެއްލުމެއް ލިބުނު ކަމެކެވެ. މީގެ އިތުރުން، ލޯނުގެ މައްޗަށް ލޯނު ނަގަމުން ދިޔަ ނަމަވެސް، ޤައުމަށް ވަންނާނެ އާމްދަނީ އިތުރުވާނެ އެއްވެސް އާ ކަމެއް ނުވަތަ އާ ސިޔާސަތެއް ތަޢާރަފްކޮށްފައެއް ނުވެއެވެ.

މި ހަނދާން އައުކޮށްލީ އެމްޑީޕީން ޤައުމަށްދިން ގެއްލުމުން ތިނޯހެއްގެ ތުނޑުގެ މިންވަރު ކުޑަ ތަންކޮޅެކެވެ.މިވަރު ގެއްލުމެއްދިން އިދިކޮޅުން މިއަދު ވެސް އުޅެނީ ރާއްޖޭގެ މާލީ ހާލަތާމެދު ރައްޔިތުން މާޔޫސްކޮށް، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލެވޭތޯއެވެ. އަތްޖަހައި ފާޑުފާޑު ވާހަކަ ފަތުރަނީ އަސްލު ފޮރުވައިގެން ތިބެއެވެ. އިދިކޮޅުގެ މި ޢަމަލަށް ކިޔޭނީ އަމިއްލަ އެދުންނޫން އެހެން އެއްޗެއް ނޫނެވެ.

ރޭޓިންގެ މަންޒަރަކީ ހުސް ޕޮޒިޓިވްކަންކަން

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ 'ސީސީ' ރޭޓިން ދިނުމުގައި ފާހަގަކޮށްފައިވަނީ ސަރުކާރުން އަޅަމުން އަންނަ މާލީ އަދި ފައިސާގެ އިސްލާހުތައް ކާމިޔާބުވެފައިވުމެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް އިތުރުވުމާއި އާމްދަނީ ހޯދުމުގެ ޕާފޯމަންސް ރަނގަޅުވުމެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އޮފިޝަލް ރިޒަވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.މި ކުރިއެރުން އައިސްފައިވަނީ ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުންނެވެ. މި ގާނޫނުގެ ދަށުން، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަންޖެހެއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 ޕަސެންޓުން 90 ޕަސެންޓުގެ އިތުރުވުމެކެވެ. ރައީސްގެ މުޢިއްޒުގެ ސަރުކާރުން ދަނީ މިފަދަ ފިޔަވަޅުތައް ފިޔަވަޅަކަށްފަހު، ފިޔަވަޅެއް އަޅައި ކާމިޔާބީ ހޯދަމުންނެވެ.

ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބާރު ކަމަށްވާ ޓޫރިޒަމަށް، ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއި އަދި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު އަންނާނެ ކަމަށް އަންދާޒާކުރެވޭ ކުރިއެރުމަށް ބަލައި ފިޗުން ލަފާކުރާ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު 4.8 ޕަސެންޓުގައި އަދި އަންނަ އަހަރު 4.7 ޕަސެންޓުގައި ހުންނާނެ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މުސްތަގުބަލުގައި ބޭރު ފައިސާ އިތުރުވުމަކީ ކުރިއަށް އޮތް ތަނުގައި އަދާކުރަންޖެހޭ ބޭރުގެ ދަރަނި ދެއްކުމަށް އެހީއެއް ކަމަށް ފިޗުން ފާހަގަކޮށްފަވެއެވެ.

ދިވެހި ސަރުކާރުގެ މެކްރޯ އިކޮނޮމިކް ސިޔާސަތުތަކާއި އިޞްލާޙީ އެޖެންޑާއަށް އޮތް އިތުބާރު ދައްކައިވުދީފި

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ 'ސީސީ' ގައި ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ މެކްރޯ އިކޮނޮމިކް ސިޔާސަތުތަކާއި އިޞްލާޙީ އެޖެންޑާއަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ދުރުވިސްނުމާއި ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ނަތީޖާއެކެވެ. މި ކާމިޔާބީތަކުން ދިވެހިރާއްޖެ އިތުބާރުހުރި އިޤްތިޞާދީ ބައިވެރިއެއްގެ ގޮތުގައި ޤާއިމުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާނެކަން ޔަޤީނެވެ.

ކޮމެންޓް

871x217_placeholder