logo
Bank of Maldives

Bank of Maldives

World

ބޮއިންގ-787 މަރުކާގެ އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބަލަނީ

އަޙްމަދު ޒަލީފް
14 ޖޫން 2025 - 15:02
ބޮއިންގ-787 މަރުކާގެ އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބަލަނީ

އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގ-787 މަރުކާގެ އިތުރު އެއްވެސް ބޯޓެއްގައި މައްސަލައެއް ހުރިތޯ ބެލުމަށް އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން ނިންމައިފިއެވެ.

އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެއެވެ.

އެ މީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެ މީހާ ސަލާމަތްވީ، ބޯޓު ވެއްޓެން ދިޔަ ވަގުތު ބޯޓުން ފުއްމާލައިގެންނެވެ. 
މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖުގެ ދަރިވަރުން ތިބޭ ހޮސްޓެލްގެ ބަޔަކަށެވެ. އެތަނުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން އިއްޔެ ވަނީ، ޖެންއެކްސް އިންޖީނު އަޅާފައިވާ ބޮއިންގ 787-8/9 މަރުކާގެ މަތިންދާބޯޓުތަކުގެ އުދުއްސުމާއި އިންޖީނުގެ އިތުރު މެއިންޓެނަންސް ޗެކްތަކެއް ހެދުމަށް އެއަރ އިންޑިއާއަށް އަންގައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 3 ދުވަސް ކުރިން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިދުނިޔެ | 20 ދުވަސް ކުރިންއިންޑިއާގައި 175 ބިލިއަން ޑޮލަރުގެ އޭއައި "ޑޭޓާ ސިޓީ" އެއް ތަރައްގީކުރަނީދުނިޔެ | 22 ދުވަސް ކުރިންއިންޑިއާގައި ސިޔާސީ ދާއިރާ އަށް ނުކުތް އެކްޓަރު ވިޖޭ ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން މީހަކު މަރުވެއްޖެދުނިޔެ | 24 ދުވަސް ކުރިން