logoEN
ޚަބަރު

ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ގަސް އިންދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

14 ޖޫން 2025 - 15:09

ސްޓޭލްކޯގެ ޚިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން އިންދުމަށް ވައުދުވެފައިވާ މިންވަރަށް ގަސް އިންދުމުގެ އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެންވައިރަންމެންޓް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުންދައްކާގޮތުގައި މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މި މަޝްރޫއުގެ ދަށުން ޖުމުލަ 565،890 ގަސް ވަނި އިންދާފައެވެ.

މިނިސްޓްރީގެ މައުލޫމާތުން ހާމަވާގޮތުގައި ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން ޖުމުލަ 6،331،100 ގަސް އިންދުމަށް އެކި ފަރާތްތަކާއެކު ވަނީ އެއްބަސްވުންތައް ހަދާފައެވެ.

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުންދާކަމަށާއި، އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ދާކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށީ މިދިޔައަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.

ކޮމެންޓް

871x217_placeholder