logo
E-Platinum
ކުޅިވަރު

އިޓަލީގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގަޓޫސޯ

އަބްދުﷲ ޣާނިމް
15 ޖޫން 2025 - 05:30
ގަޓޫސޯ ވަނީ 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި
ގަޓޫސޯ ވަނީ 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި

އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގެޓޫސޯ އެ ޤައުމުގެ ޤައުމީ ޓީމުގެ އައު ކޯޗަކަށް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ)ގެ ޑެލިގޭޝަންގެ އިސްވެރިޔާ ޖިއަންލުއިޖި ބުފޮން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

"މިހާރު މަސައްކަތްތައް ކުރެވި، ފަހު ތަފްސީލުތަކަށް އިންތިޒާރު ކުރަމުން މި ދަނީ،" އަންޑަރ-21 ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އިޓަލީގެ ސަރުކާރުގެ ބްރޯޑްކާސްޓަރު އާރްއޭއައި އަށް ދެއްވި ބަޔާނެއްގައި ބުފޮން ވިދާޅުވިއެވެ. "ރައީސާއި މުޅި ފެޑެރޭޝަނުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ޗޮއިސް ހެދިފައި މިވަނީ."

ލުޗިއާނޯ ސްޕަލެޓީ ވަކިކުރެވުނީ ދެ އަހަރަށްވުރެ ކުރު މުއްދަތެއްގައެވެ. އޭނާގެ އެންމެ ފަހު މެޗަކީ މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި 2-0 އިން އިޓަލީ މޮލްޑޯވާ ބަލިކުރިއެވެ. ވޯލްޑް ކަޕް ކޮލިފައިންގ މެޗެއްގައި ނޯވޭއިން 3-0 އިން ބަލިވުމަށްފަހު އޭނާ އަމިއްލައަށް ވަކިވާން ނިންމިއެވެ.

2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގައި ހިމެނުނު ގެޓޫސޯ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެފައެވެ. އޭނާ އެންމެ ފަހުން ކްރޮއޭޝިއާގެ ކްލަބް ހައިދުކް ސްޕްލިޓް ދޫކޮށްލީ އެއްބަސްވުމަކާ އެކުގައެވެ. އެ ކްލަބް އެ ޤައުމުގެ ޕްރިމިއަރ ލީގުގައި ނިމުނީ ތިންވަނައަށެވެ.

ގެޓޫސޯގެ ކޯޗިންގ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ނަޕޯލީގައެވެ. އެއީ 2020 ވަނަ އަހަރު ކޮޕާ އިޓާލިއާ ކާމިޔާބުކުރުމެވެ. 12 އަހަރުގެ ކޯޗިންގ ކެރިއަރުގައި އޭނާ ވަނީ 9 ކްލަބެއް ކޯޗުކޮށްފައެވެ. އޭގެ ތެރޭގައި އޭސީ މިލާން، ވެލެންސިއާ އަދި މާސޭ ހިމެނެއެވެ.

47 އަހަރުގެ ގެޓޫސޯގެ އެންމެ މުހިންމު ޒިންމާއަކަށް ވާނީ އިޓަލީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިކުރުވުމެވެ. އިޓަލީ ވަނީ ފާއިތުވި ދެ ވޯލްޑް ކަޕުގައި ބައިވެރިނުވެ ބާކީވެފައެވެ. އޭނާގެ މަސައްކަތް ފަށަން މި ޖެހެނީ ނޯވޭއިން ލިބުނު ބޮޑު ބަލިވުމަކާ އެކުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޓަލީގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގަޓޫސޯކުޅިވަރު | 2 މަސް ކުރިންއިޓަލީ ބަލިކޮށް ޖަރުމަނު ސެމީއަށްކުޅިވަރު | 4 މަސް ކުރިންޔުއޭފާ ނޭޝަންސް ލީގު: އިޓަލީ އާއި ފްރާންސް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 9 މަސް ކުރިން