ހަމާސްއިން މަރާލި ޔަހޫދީ ސިފައިންގެ އަދަދު 430 އަށް އަރައިފި


15 ޖޫން 2025 - 06:47
ޣައްޒާ ހަނގުރާމަ ފެށިފަހުން މިހާތަނަށް ހަމާސްއިން ޔަހުދީ ސިފައިންގެ 430 މީހުން މަރާލާފައިވާކަމަށް ޔަހޫދީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ޔަހޫދީ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި މި 430 މީހުންގެ ތެރޭގައި 2 ފުލުހުންނާއި ޔަހޫދީ ދިފާއީ ވުޒާރާގެ 3 މަދަނީ މުވައްޒަފުން ހިމެނޭގޮތަށް ޔަހޫދީ އަސްކަރިއްޔާގެ އިސް މީހުން ހިމެނެއެވެ.
އެންމެ ފަހުން ހަމާސްއިން މަރާލާފައިވަނީ ޔަހޫދީ ސިފައިންގެ ސްކޮޑް ކޮމާންޑަރެކެވެ.
އިސްރާއީލު ސިފައިން ބުނީ އޭނާ މަރުވީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަވަށުގައި ހިނގި ކުރިމަތިލުންތަކެއްގައި ހަމާސްއިން އާރްޕީޖީއަކުން ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ޔަހޫދީން ވަނީ ބުނެފައެވެ.
ޔަހޫދީން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކަށް ކެތް ނުކުރެވިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ހަމަލާއަކާ ގުޅިގެން ޔަހޫދީން އަންނަނީ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހަމަލާތަކެއް ދެމުންނެވެ.
ޖަނަވަރީމަހު އުދުވާން ހުއްޓާލިނަމަވެސް އަނެއްކާވެސް މާރިޗު މަހު އަލުން ހަނގުރާމަ ފަށައި ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅައި ޔަހޫދީން ގެންދަނީ ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
10 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
10 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
9 މަސް ކުރިން