ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްފި
15 ޖޫން 2025 - 09:52

ގއ. ކޮނޑޭގައި ފުޑް ސެކިއުރިޓީގެ ގައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ބިން އެރަށު ކައުންސިލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.
މިއަދު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގައި ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ.

Ad by Hajj Corporation
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށުު ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލްކަރީމް އެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުޙައްމަދު އަނީސް އެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫޢުއެއް ގއ ކޮނޑޭގައި ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ.


