މި މަސް ދެބައިވިއިރު، މަސްވެރިންނަށް 25 މިލިއަން ރުފިޔާ ދޫކޮށްފި


15 ޖޫން 2025 - 11:33
މި ހިނގާ ޖޫން މަހުގެ މިހާތަނަށް އައިއިރު، 25 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މިފްކޯއަށް 165 ދޯންޏެއް މަސްކިރުވާފައެވެ. މި ދޯނިތަކުން ކިރުވި މަހަށް ފުރަތަމަ ހަފުތާގައި، 16.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މޭއި މަހުގެ ފުރަތަމަ ހަފްތާއާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.ޖޫން މަހުގެ ދެވަނަ ހަފްތާއި މިފްކޯއަށް 111 ދޯންޏަކުން މަސްކިރުވާފައެވެ. މިމަހަށް 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިންގެ ދަފްތަރެއް އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް މިހާރު ހަމަޖައްސަވާފައިވާއިރު، ބީއެމްއެލްގެ ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސާވާފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ތަންފީޒު ކުރަން ފަށާފައިވަނީ ނިމިދިޔަ މަސްވެރިންގެ ދުވަހުއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު، މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އެއް ވަޢުދެވެ.
އިތުރު ލިޔުންތައް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު
އަހަރެއް ކުރިން
ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް ބަންދުކުރާ ފެސިލިޓީއެއް
އަހަރެއް ކުރިން
ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
10 މަސް ކުރިން