logo
ކުޅިވަރު

ކުލަބް ވޯލްޑްކަޕްގައި ޕާޓްޓައިމް ކުޅުންތެރިންނާއި ދެކޮޅަށް ބަޔާން އިން ގޯލުފުންޏެއް ޖަހައިފި

އަބްދުﷲ ޣާނިމް
15 ޖޫން 2025 - 21:52
ބަޔާން އާއި އޯކްލޭންޑް ސިޓީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އޯސީނިއާ ފުޓްބޯލް
ބަޔާން އާއި އޯކްލޭންޑް ސިޓީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އޯސީނިއާ ފުޓްބޯލް

ސިންސިނާޓީގައި ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް، ނިއުޒިލޭންޑްގެ އޮކްލޭންޑް ސިޓީ އެފްސީ އަތުން 10-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

2022 އަދި 2023 ވަނަ އަހަރުގެ އޯސީނިއާ ޗެންޕިއަންސް އޮކްލޭންޑް ސިޓީގެ ގިނަ ކުޅުންތެރިންނަކީ ޕާރޓްޓައިމް ފުޓްބޯޅަކުޅުންތެރިްނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަސްވަނަ މިނެޓްގައި ކިންގްސްލީ ކޯމަންގެ ވަރުގަދަ ޝޮޓެއް އޮކްލޭންޑްގެ ގޯލްކީޕަރު ކޮނަރ ޓްރޭސީ ހުއްޓުވި ނަމަވެސް، އޭގެ ފަހުން ލިބުނު ކޯނަރުން ކޯމަން ޖެހި ގޯލާއެކު ކުއޯކްލޭންޑް ސިޓީގެ ގޯލު ފޫއެޅުނެވެ. މެޗުގައި ބަޔަންގެ ހެޑް ކޯޗް ވިންސެންޓް ކޮމްޕަނީ ވަނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަދި ޖަރުމަނު ލެޖެންޑް ތޯމަސް މުލަރު ފަދަ ތަރިން ހިމެނޭ ވަރުގަދަ 11 ކުލުންތެރިންނާއެކު މެޗު ފަށާފައެވެ.

ފުރަތަމަ ހާފުގެ މެދުތެރޭގައި ބަޔަން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތިން ގޯލު ކޮށްފައެވެ. 18 ވަނަ މިނެޓްގައި ސަޗާ ބޯއީ، 20 ވަނަ މިނެޓްގައި މައިކަލް އޮލީސް އަދި 21 ވަނަ މިނެޓްގައި ކޯމަން ވަނީ ގޯލުޖަހާފައެވެ. ފުރަތަމަ ހާފު ނިމުނުއިރު ބަޔަން ވަނީ 6-0 އިން ކުރީގައެވެ.

ދެވަނަ ހާފުގައި ކުރީކޮޅުގައި އޮކްލޭންޑް ސިޓީން ވަނީ ކޮންމެވެސް ވަރަކަށް ޑިފެންސްލައިން ރަނގަޅުކޮށްފައެވެ. ނަމަވެސް، 61 ވަނަ މިނެޓުގައި ކުޅެން ނިކުތް ޖަމާލް މުސިއާލާ ވަނީ ހެޓްރިކެއް ހަދާފައެވެ. މެޗުގެ ފަހު މިނެޓްގައި މުލަރ ވަނީ އޭނާގެ ކެރިއަރުގެ 250 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

ކުލަބް ވޯލްޑްކަޕްގައި ބަޔާން ދެން ނިކުންނާނީ އާރޖެންޓީނާގެ ބޮކާ ޖޫނިއަރސް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 3 ދުވަސް ކުރިންސްޓުޓްގާޓް ބަލިކޮށް ޖަރމަން ސުޕަކަޕް ބަޔާން އަށްކުޅިވަރު | 17 ދުވަސް ކުރިންލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | މަހެއް ކުރިން