logo
MPL

MPL

ކުޅިވަރު

ސްޓުޓްގާޓް ބަލިކޮށް ޖަރމަން ސުޕަކަޕް ބަޔާން އަށް

އަބްދުﷲ ޣާނިމް
17 އޯގަސްޓު 2025 - 04:20
ސުޕަކަޕް ޗެންޕިއަން ބަޔާން
ސުޕަކަޕް ޗެންޕިއަން ބަޔާން

ބަޔަން މިއުނިކްގެ ލެޖެންޑަރީ ކެޕްޓަން ފްރޭންޒް ބެކެންބަވަރގެ ގެ ނަމަށް ނަން ބަދަލުކޮށް ފުރަތަމަ ފަހަރަށް ކުޅުނު ސުޕަރ ކަޕް މުބާރާތް ބަޔާން އިން ކާމިޔާބުކޮށްފިއެވެ. އެމްއެޗްޕީ އެރީނާގައި ކުޅުނު މެޗުގައި ސްޓަޓްގާޓް އާ ދެކޮޅަށް ބާޔާން މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ ތަށްޓާއެކު ބަޔާން ވަނީ ސުޕަކަޕް މިހާތަނަށް 11 ފަހަރު ކާމިޔާބުކޮށްފައެވެ.

ސްޓަޓްގާޓްގެ ދަނޑުގައި ފުރަތަމަ ފަހަރަށް ބޭއްވުނު ސުޕަކަޕްމެޗުގައި އެޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރޭޣެ ބައްޔާއެކު ސްޓަޓްގާޓް ވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން ބަލިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރީކޮޅު ލިއޯން ގޮރެޓްޒްކާ އަށް ދެ ފުރުސަތު ލިބުނު ނަމަވެސް، ބަޔާންގެ ފުރަތަމަ ގޯލު ޖެހީ ހެރީ ކޭންއެވެ. އަދި ދެވަނަ ހާފުގައި މި ސީޒަނުގައި ބަޔާން އަށް އަލަށް ގުޅުނު ކުޅުންތެރިޔާ ލުއިސް ޑިއާޒް ވަނީ އޭނާގެ ފުރަތަމަ ގޯލުޖަހާފައެވެ. އަދި މިގޯލަށްފަހު ޑިއާޒް ވަނީ ޖޯޓާގެ ހަނދާން އާކޮށްފައެވެ. މެޗުގެ ފަހުކޮޅު ޖެމީ ލެވެލިންގ ޖެހި ހެޑަރަކުން ސްޓަޓްގާޓްގެ ހަމައެކަނި ގޯލު ޖެހިއެވެ.

މިއީ ބަޔާން އާއި މީގެ ދެއަހަރުކުރިން ގުޅުނު ހެރީކޭން އަށް އޭނާގެ ކެރިއަރުގައި ކާމިޔާބުކުރެވުނު ދެވަނަ ތަށްޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮލީސޭގެ ދެ ލަނޑާއެކު ބަޔާން މިއުނިކުން ބޯޑޯ/ގްލިމްޓް ބަލިކޮށްފިކުޅިވަރު | މަހެއް ކުރިންބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފިކުޅިވަރު | 5 މަސް ކުރިންޗެންޕިއަން ޕީއެސްޖީ އިން ސެމީގައި ބަޔާންކޮޅަށް ފަސްގޯލުޖަހައި ފައިނަލުގެ ޖާގައަކާއި ގާތަށްޖެހިލައިފިކުޅިވަރު | 5 މަސް ކުރިން4 މެޗު ބާކީއޮއްވައި ބަޔާން ލީގު ކަށަވަރުކޮށްފި، ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށްކުޅިވަރު | 6 މަސް ކުރިން