logo
E-Platinum
World

ޣައްޒާ ފަހު ނޭވާގައި: ކާނެ އެއްޗެއް ލިބޭތޯ ދިޔަ 38 މީހަކު ޝަހީދުކޮށްލައިފި

އަޙްމަދު ޒަލީފް
16 ޖޫން 2025 - 15:09
ޣައްޒާ ފަހު ނޭވާގައި: ކާނެ އެއްޗެއް ލިބޭތޯ ދިޔަ 38 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެތީގެ ބާވަތްތައް ބަހާ މަރުކަޒުތައް ކައިރީގައި ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 38 މީހަކު ޝަހީދުކޮށްލައިފިއެވެ.

ކާބޯތަކެތި ބަހާ މަރުކަޒުތައް ހުޅުވި ފަހުން އެތައް ބަޔަކު ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވެއެވެ. އިސްރާއީލުން މެދުކެނޑުމެއްނެތި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި ޣައްޒާއަށް އެހީ ލިބުމުގައި ހުރަސް އެޅުމުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފައެވެ.

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ "މަޑްލީން" ބޯޓުވެސް ވަނީ އިސްރާއީލުން ހިފަހައްޓާފައެވެ. 

އިސްރާއީލުން މެދުކެނޑުމެއްނެތި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި ޣައްޒާއަށް އެހީ ލިބުމުގައި ހުރަސް އެޅުމުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފައެވެ.

އިސްރާއީލުން އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 52،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި World | 4 ދުވަސް ކުރިންޣައްޒާ ފަހު ނޭވާގައި: ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނެއްދުނިޔެ | 7 ދުވަސް ކުރިންޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި World | 11 ދުވަސް ކުރިންޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި ޚަބަރު | 15 ދުވަސް ކުރިން