logo
World

ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި

އަޙްމަދު ޒަލީފް
13 ޖުލައި 2025 - 11:55
ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައި ނެތް ކަން ހާމަވެއްޖެއެވެ. 

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. މި ވަގުތު ބައްދަލުވުންތައް ކުރިއަށް ދަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ދަވްޙާގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާއިރުު، މި ވަގުތު ދެބަސްވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ، ޣައްޒާގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުމުގެ މައްސަލައެވެ. ޣައްޒާގެ ހުރިހާ ރަށަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، ހުރިހާ ސިފައިން ފޭބުމަކީ ޙަމާސްގެ މުހިންމު ޝަރުޠެކެވެ. ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައި ވަނީ ޣައްޒާގެ ބިމުގެ %40 އެ މީހުންގެ ބާރުގެ ދާށުގައި ބޭއްވުމަށެވެ.

ދެ ފަރާތުގެ ދެމެދުގައި މި ވަގުތު މަޝްވަރާ ކުރަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަށެވެ. މިއީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް ދެއްވާނެ އެންމެ ފަހު ފުރުޞަތު ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، މަޝްވަރާތަކުގައި ޢަލިމަގެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ އެންމެ ފަހުގެ ހުށަހެޅުއްވުމުގެ އޮތީ ޙަމަލާ ބަދަލު ކުރުން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ. އޭގެ ތެރެއިން 10 މީހުން މިނިވަން ކުރުމަށް ޙަމާސުން މިހާރު ވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ފޭބުމާ އެކު، ޤަތުލުޢާންމު ހިންގުމަށް ދާއިމަށް މެދުކަނޑައިލުމުގެ މަޝްވަރާތައް ފަށަން ޖެހޭނެއެވެ.

މި ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ދަވްޙާގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާއިރުު، މި ވަގުތު ދެބަސްވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ، ޣައްޒާގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުމުގެ މައްސަލައެވެ. ޣައްޒާގެ ހުރިހާ ރަށަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، ހުރިހާ ސިފައިން ފޭބުމަކީ ޙަމާސްގެ މުހިންމު ޝަރުޠެކެވެ. ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައި ވަނީ ޣައްޒާގެ ބިމުގެ %40 އެ މީހުންގެ ބާރުގެ ދާށުގައި ބޭއްވުމަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވިޔަކަ ނުދޭނަން - ޔަހޫދީން ދުނިޔެ | 2 ދުވަސް ކުރިންޣައްޒާ ފަހުނޭވާގައި: "ފަހަރުގައި ދެން ނުފެނިދާނެ"ދުނިޔެ | 3 ދުވަސް ކުރިންނޫސްވެރިންތަކަކަށް އަމާޒުކޮށް ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި ދުނިޔެ | 4 ދުވަސް ކުރިންޣައްޒާގައި ބަނޑަށް މަރުވި މީހުންގެ އަދަދު 300 އަށްދުނިޔެ | 5 ދުވަސް ކުރިން