logo
Bank of Maldives

Bank of Maldives

World

ޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފް
6 ޖުލައި 2025 - 12:17
ޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި

ފަލަސްޠީނުގެ މިނިވަން ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ޕަލަސްޓައިން އެކްޝަން ގުރޫޕަށް ނިސްބަތްވާ 20 މެންބަރުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހައްޔަރު ކޮށްފިއެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ ނިރުބަވެރިކަން މަނާކުރާ ޤާނޫނު ދަށުން އެ ޖަމުޢިއްޔާއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައެޅުމާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގުރޫޕަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް، މިއީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވެ، އިނގިރޭސި ސަރުކާރުން އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

އިނގިރޭސި ސަރުކާރުން ދަނީ ޔަހޫދީންގެ ޖަރީމާތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ މީހުންނަށް މަދަދުވެރިވަމުންނެވެ. އިނގިރޭސި ސަރުކާރުން ބުނީ، އެ ކަމާ ދެކޮޅަށް އަޑުއުފުލުގެ ގޮތުން ޕަލަސްޓައިން އެކްޝަން ގުރޫޕުން ހިންގަމުންދާ ހަރަކާތްތަކަކީ ނިރުބަވެރި ކަމުގެ އަމަލުތަކެއް ކަމުގައެވެ. ނަމަވެސް، ތަޖުރިބާކާރުން އެ ތުހުމަތަށް އިންކާރު ކުރެއެވެ.

މި ގުރޫޕުގެ ހަރަކާތްތައް މަނާ ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ އެކު، އެ ޖަމާޢަތަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ޤާނޫނު ހަދާ މަޖިލިސް ކައިރިއަށް އެއްވެ، ނުރުހުން ފާޅު ކޮށްފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 15 ދުވަސް ކުރިންއިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް އެންޑީ ބާންހަމް އައްޔަންކޮށްފިދުނިޔެ | 15 ދުވަސް ކުރިންފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 4 މަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 7 މަސް ކުރިން