logoEN
ދުނިޔެ

ޣައްޒާ ފަހު ނޭވާގައި: "ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނެއް"

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ޖުލައި 2025 - 14:18

ފަލަސްޠީނުގެ ޣައްޒާއިން ތެޔޮ ހުސްވެ، ހަސްފަތާލުތައް ބަންދުކޮށް، ޞިއްޙީ ޚިދުމަތްތައް ހުއްޓައިލަން މަޖުބޫރުވުމުގެ ބިރު ބޮޑުވެއްޖެއެވެ. މި ކަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ، ޣައްޒާގައި މި ވަގުތު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މަދު ހަސްފަތާލުތަކުގެ ތެރެއިން އެއް މައި މަރުކަޒު ކަމުގައިވާ އަލް-ޝިފާ ހަސްފަތާލަށެވެ.

އަލް-ޝިފާ ހަސްފަތާލުގެ ޑޮކްޓަރުން ބުނީ، އެ ތަނުގައި ޚިދުމަތް ދެމުންދާ ބަލިމީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އެ މީހުންގެ ފުރާނައަށް ނުރައްކާވެފައި ވަނީ، "ޙަމަލާތަކާއި މިސައިލްތަކުގެ ސަބަބުންނެއް ނޫން، ނަމަވެސް ތެޔޮ އެތެރެ ކުރުން ހުއްޓައިލައި ފުރަބަންދު ހަރުކަށި ކުރުމުން" ކަމުގައި އަލް-ޝިފާ ހަސްފަތާލުގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ މުނީރް އަލް-ބަރްޝީ ވިދާޅުވިއެވެ.ޔަހޫދީންގެ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުން، ޞިއްޙީ ފަރުވާ ފަދަ އެންމެ އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. "ނިކަމެތި ހާލަތަކަށް ހުށަހެޅިފައިވާ މީހުން ބޭސްފަރުވާ ފަދަ އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުވައި، ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނަކަށް ހަދައިލަމުން އެ ދަނީ،" އޭނާ ވިދާޅުވިއެވެ.

މި ވަގުތު ޣައްޒާ ސިޓީގެ ހަސްފަތާލުތަކުގައި ދުވަސްނުފުރައި ވިހާފައި ތިބި ތުއްތު ކުދިންގެ އަދަދު 100އަށް އަރައެވެ. އަދި އެ ކުދިންގެ ފުރާނައަށް ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައެވެ.

އަލް-ޝިފާ ހަސްފަތާލުގެ ޑޮކްޓަރެއް ކަމުގައިވާ މުޙައްމަދު އަބޫ ސިލްމިއްޔާ ވިދާޅުވީ އެ ހަސްފަތާލުން ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތައް މެދުކަނޑައިލުމަށް މަޖުބޫރުވެއްޖެ ނަމަ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، އެ ހަސްފަތާލުގެ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި، ބޯފެން ތައްޔާރު ކުރާ ނިޒާމާއި ފެނުގެ ނިޒާމު ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ތެލުގެ އިތުރުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2 ވަނަ ދުވަހުއެވެ. އެއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ.

ކޮމެންޓް

871x217_placeholder