logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމުގެ ހައްގުގައި 2028ގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދޭން ޖެހޭ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖޫން 2025 - 19:31
ގައުމުގެ ހައްގުގައި އަންނަ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދޭން ޖެހޭ: މުހައްމަދު އިސްމާއީލް

2028 ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަކީ ޤައުމުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމަށް ރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މިހާރު ރިޔާސީ ދައުރު އޮތް ގޮތުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ޕްލޭންތައް ހަދައި، އިތުރަށް ފައިސާ ހޯދައި ނިމޭއިރު ދައުރެއްގައި ބާކީ އޮންނަނީ ތިން އަހަރު ކަމަށެވެ. އަދި ފައިސާ ހޯދުމަށްފަހު މަސައްކަތް ކުރަން ލިބެނީ ދޮޅު އަހަރެއް ނުވަތަ ދެ އަހަރާއި ބައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިހެންވުމުގެ ސަބަބުން، ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ދައުރެއް ތެރޭ ރައީސަކަށް ނުކުރެވޭ. އެހެންވީމާ، 2028 ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދޭން ޖެހޭ. އެއީ ޤައުމުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މީގެއިތުރުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ މުހިންމުކަން ވެސް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ އިންތިޚާބުން ޕީއެންސީއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ މި ސަރުކާރާއި ރައީސް މުޢިއްޒަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރާ ހިސާބުން ރިޓަޔަމެންޓް އެލަވަންސް މެދުކަނޑަނީޚަބަރު | 2 ގަޑިއިރު ކުރިންއަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!ޚަބަރު | 3 ގަޑިއިރު ކުރިންވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި ޚަބަރު | 3 ގަޑިއިރު ކުރިން