އެމްޑީޕީއަށް ތާރީޚުތަކާއި ހަގީގަތްތައް އަބަދު އޮޅުވައެއް ނުލެވޭނެ: ހެލްތު މިނިސްޓަރ ނާޒިމް


16 ޖޫން 2025 - 19:42
އެމްޑީޕީއަށް ތާރީޚުތަކާއި ހަގީގަތްތައް އަބަދު އޮޅުވައެއް ނުލެވޭނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ މި ރޭ ބޭއްވުނު ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ޖާގަ އޮތުން ކަމަށެވެ. އަދި އެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ ޒަަމާނެއް ރާއްޖޭގެ ވޭތުވެދިޔަ 15 އަހަރުގެ މަލްޓިޕާޓީ ނިޒާމުގައި ދެކެފައި ނުވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ އެކަން ކަށަވަރުކޮށްދެއްވަމުން. މަލްޓި ޕާޓީ ސިޔާސީ ވެރިކަމަކަށް ފުރުސަތު ދެއްވާނެކަން އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވަމުން. އެމަނިކުފާނުގެ އެއް ވައުދެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން. ގާނޫނީ އިމުން ބޭރުން އެއްވެސްގޮތަކަށް، ސިޔާސީ އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް ބާރެއް ނާންނެކަމުގެ ކަށަވަރުކަން ދެމުން އެމަނިކުފާނު އެވަނީ އެ ވައުދު ފުއްދަވާފަ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތްތަކަށް ފުރުސަތު ދެވިފައި ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސިޔާސަތަކީ އަބަދުވެސް މިމަގުން ގައުމު ބައްޓަން ކުރެއްވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަބަދު ތާރީޚުތައް އޮޅުވައިލައިގެން ނުވަތަ ހަގީގަތްތައް އޮޅުވައިލައިގެން އުޅެވެން ނެތް. އެމްޑީޕީގެ 2 ވެރިކަމުގައިވެސް ސިޔާސީ ވެރިން ތިބީ ބަންދުގައި. އެހެންނަމަވެސް މިއަދު މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ އެބައޮތް" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން - މިނިސްޓަރ
9 މަސް ކުރިން
ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފި
9 މަސް ކުރިން
ވިލިމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، ދަތުގެ ޚިދުމަތް ފަށައިފި
8 މަސް ކުރިން