logo
Bank of Maldives

Bank of Maldives

ޚަބަރު

"އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ހުޅުވައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
18 ސެޕްޓެމްބަރު 2024 - 17:47
ފޮޓޯ--/ އެމްފީއެލް ( އިސްމާއިލް ވަޖީހު)
ފޮޓޯ--/ އެމްފީއެލް ( އިސްމާއިލް ވަޖީހު)

"އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" މިއަދު ހުޅުވައިފިއެވެ.

އުލިގަމުގައި ގާއިމްކޮށްފައިވާ މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އޮފީސް ހުޅުއްވައިދެއްވީ  އުލިގަމުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއި އެސްޓީއޯއައި ދެމެދު ބައިނަލްއަގުވާމީ ފެންވަރެއްގައި ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. މިއިދާރާގައި އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުން މަސައްކަތްކުރުމަށް ހާއްސަ ޖާގަ ކަނޑައަޅާފައިވާނެ ކަމަށް ވެސް އެމްޕީއެލް އިން ވަނީ މައުލޫމާތުދީފައެވެ. މި އޮފީހުން ޖުމްލަ 14 ޙިދުމަތެއް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެގޮތުން ބަންކަރިން ހިދުމަތްތަކާއި، ޓަގް ސާވިސް ކުރުމާއި، މެއިންޓަނެންސްގެ ހިދުމަތްތަކާއި، ޑޮކިންގެ ހިދުމަތްތަކާއި، ކުނި އުކައިދިނުމުގެ ޙިދުމަތުގެ އިތުރަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީ ކްރޫއިން ބަދަލުކުރުން ހިމެނެއެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި ހިންގާ އުތުުރު ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން މިފެށޭ މަޝްރޫއަކީ މާސްޓާ ޕްލޭނެއް ކަމަށް އެސްޓީއޯގެ އެމްޑީ ޝިމާދް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ 200 އަށް ވުރެ ގިނަ ބޯޓު ދަތުރު ކުރާ ސަރަހައްދެއް ކަމަށްވުމުން އަލަށް ފަށާ ބަންކަރިން ހިދުމަތާއެކު އެ ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުން ކުރެވޭނެ ކަމަށް ވެސް ޝިމާދު ވަނީ ވިދާލުވެފައެވެ.

ބަންކަރިންގެ ޙިދުމަތް އަލަށް ފެށިގެން ދިޔަ އިރު މިހާރުވެސް ގިނަ ފަރާތްތަކުން ދަނީ ޙިދުމަތަށް އެދެމުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން ގްރީކުގެ 17 ކުންފުންޏަކުން ފެން ފޯރުކޮަށްދިނުމަށް އެދިފައިވާކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ބަންކަރިންގެ ޙިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންކަރިންގ ޚިދުމަތުން ބޮޑު އާމްދަނީއެެއް ހޯދައިފި ޚަބަރު | 4 މަސް ކުރިންބަންކަރިންގ އަށް ޚާއްޞަ ޕޯޓެއް ތަރައްޤީ ކުރަނީ ޚަބަރު | 5 މަސް ކުރިންބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންބަންކަރިންގ ހިދުމަތަށް ހުއްޓުމެއް ނާދޭ، ދަނީ ކުރިއަށް: ސިމާދުޚަބަރު | 10 މަސް ކުރިން