logo
Bank of Maldives

Bank of Maldives

ޚަބަރު

ހދ. އަތޮޅު ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2025 - 13:15
ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ހދ.އަތޮޅު ކައުންސިލުން ދީފި

ހދ. އަތޮޅު ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލުކޮށް، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި، އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންތައްތައް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމާއި، އަވަސް މުއްދަތެއްގައި ހައުސިންގ ޔުނިޓްތައް ޤާއިމުކުރުން، އަދި ކުޅުދުއްފުށީ އެއަރޕޯޓަށް އުދުހުންތައް މަދުވުމުން ކުރިމަތިވާ ދަތިތައް ހިމެނެއެވެ.

އިތުރުން، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި، އަތޮޅުގެ ރަށްތަކުގައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި އިޤްތިޞާދީ މަންފާއަށްޓަކައި ހދ. ފަރިދޫ ދޫކޮށްދިނުމަށާއި، އަތޮޅުގައި ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމައިދިނުމަށްވެސް އެދިފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވި ގޮތުގައި، ކައުންސިލުން ހުށަހެޅި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެއެވެ. އަދި މި ކަންކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ސަރުކާރާއި ލާމަރުކަޒީ އިދާރާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމަށް މަގުފަހިވާނެ ބައްދަލުވުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންއަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންއައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 14 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 14 ގަޑިއިރު ކުރިން