ޒަބީ އެލަންސޯގެ ފުރަތަމަ މެޗު ހަމަހަމަ، ސޯފާގައި ތިބެ އެއްބަޔަކު އުފާފާޅުކުރަނީ
16 އޭޕްރީލު 2025 - 09:28

ރެއާޅް މެޑްޜިޑްގެ ކޯޗުކަމާއި އަލަށް ހަވާލުވި ޒަބީ އެލަންސޯގެ ކޯޗުކަމުގައި ރެއާލް ފުރަތަމަ ކުޅުނު މެޗުން ސަޢޫދީގެ އަލް ޙިލާޅް އާއި އެއްވަރުވެއްޖެއެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް އާއި ސައުދީ އަރަބިއްޔާގެ އަލް ހިލާލް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މަޔާމީ ހާޑް ރޮކް ސްޓޭޑިއަމްގައި 62،000 އަށް ވުރެ ގިނަ ކުޅިވަސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާޓުން ފުރަތަމަ ހާފުގައި ފެނިގެންދިޔައި ދަށްކުޅުމުކެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސީޔާއެވެ. މެޗުގެ 34 ވަނަ މިނެޓްގައި ރޮޑްރިގޯ ދިން ރީތި ބޯޅައަކުން ގާސީޔާ ވަނީ ރެއާލް މެޑްރިޑަށް ލީޑު ހޯދައިދީފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހު ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަލް ހިލާލަށް ލިބުނު ޕެނަލްޓީއަކުން ރުބެން ނެވޭސް ވަނީ މެޗު އެއްވަރުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އަލް ޙިލާލް ގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ފެޑެރީކޯ ވަލްވާޑް ފޮނުވާލުމުން، އަލް ހިލާލްގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ އެ ޕެނަލްޓީ މަތަކޮށް އޭނާގެ ޓީމަށް އަގުހުރި ޕޮއިންޓެއް ހޯދައިދީފައެވެ. މި މެޗުގައި ރެއާލް މެޑްރިޑްގެ ސްޓަރ ފޯވަޑް ކިލިއަން އެމްބާޕޭ ވަނީ ގަދަ ހުމެއްގެ ސަބަބުން މެޗު ސޮކްޑުން ބާކީކޮށްފައެވެ.
މިއީ މިދިޔަ ސީޒަނުގައި އިންޓަރ މިލާނު ގޮވައިގެން ޗެންޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އަލް ޙިލާލްގެ ކޯޗު އިޓަލީގެ ސިމޮން އިންޒާގީގެ އިރުޝާދުގެ ދަށުން އެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗެވެ. މީގެ އިތުރުން އަލް ޙިލާލްގެ މުހިންމު ފޯވަޑް އެލެކްޒެންޑަރ މިޓްރޮވިޗް ވަނީ އަނިޔާއެއްގެ ސަބަބުން މި މުބާރާތުގައި ނުކުޅެއެވެ.
ރޭގެ މެޗުން ރެއާލް މެޑްރިޑް އެއްވަރުވެފައިވާއިރު، މުބާރާޓަށް ކޮލިފައިނުވެ ގޭގެ ސޯފާގައި މެޗުބަލަންތިބި ލިވަރޕޫލުގެ ސަޕޯޓަރުންނާއި ބާސެލޯނާގެ ސަޕޯޓަރުން ވަނީ މީސްމީޑިޔާގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.