logo
E-Platinum
ކުޅިވަރު

ކަރެރާސް އާއެކު 50 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް ރެއާލް މެޑްރިޑް އިން އައިސްފި

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ކާރޭރާސް މިއަދު މެޑިކަލް ހެދުމަށް މެޑްރިޑްއަށް ދަތުރުކުރާނެކަމަށް ބެލެވޭ
ކާރޭރާސް މިއަދު މެޑިކަލް ހެދުމަށް މެޑްރިޑްއަށް ދަތުރުކުރާނެކަމަށް ބެލެވޭ

މިސީޒަނުގައި ރެއާލް މެޑްރިޑުން ސޮއިކުރާ 4 ވަނަ ކުޅުންތެރިއާގެ ގޮތުގައި ބެންފިކާގެ އަލްވާރޯ ކަރެރާސް ގެނައުމަށް ރެއަލް މެޑްރިޑުން ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފައެވެ.

މި އެއްބަސްވުމުގެ ދަށުން ރެއަލް މެޑްރިޑުން 50 މިލިއަން ޔޫރޯ ތިން ބަޔަށް ބަހާލައިގެން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކުލަބް ވޯލްދްކަޕްގެ ކުރިން މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތްކުރިނަމަވެސް އެކިސަބަބުތަކާހުރެ ކަރޭރާސްގެ ޓްރާންސްފަރގެ މަސައްކަތް އޭރު ވަނީ މަޑުޖެހިފައެވެ.

ކަރޭރާސް ޔުނައިޓެޑުން ބެންފީކާއަށް މީގެ އެއްއަހަރުކުރިން ބަދަލުވެފައިވާއިރު، ޔުނައިޓެޑްގެ ކޮންޓްރޯލްދަށުގައި ކުޅުންތެރިޔާގެ ބައި-އައުޓްކްލޯސް ހިމެނެއެވެ. އެހެންކަމުން ޔުނައިޓެޑުން މިކުޅުންތެރިޔާގެ ބައި-އައުޓް ކްލޯސް އެކްޓިވޭޓް ނުކުރާނެކަމުގެ ޔަޤީންކަން އިއްޔެ ވަނީ ލިޔުމުންދީފައެވެ. އެހެންކަމުން މިހާރު މި ޓްރާންސްފަރ ފުރިހަމަ ކުރުމަށް އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.

50 މިލިޔަނަކީ ކަރެރާސްގެ ރިލީޒް ކްލޯޒްގެ އަގާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް ރިލީޒް ކްލޯޒް ސީދާ އެކްޓިވޭޓް ނުކޮށް، މިފަހަރުވެސް ކުރިން ބޯންމަތުން ޑީން ހައުސެން ގެނައި އުސޫލުން ޓްރާންސްފަރ ފީ ބަހާލައިގެން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކަރެރާސް މެޑިކަލް ޓެސްޓްތަކާއި އަމިއްލަ ޝަރުތުތަކާ ބެހޭ މަޝްވަރާތަކަށް އަދި ކޮންޓްރެކްޓްގައި ސޮއިކުރުމަށް މެޑްރިޑަށް އަންނާނެ ކަމަށް ބެލެވެއެވެ. އެއްވެސް މައްސަލައެއް ދިމާނުވާނަމަ، މި ހަފްތާ ނިމުމުގެ ކުރިން އޭނާ ރެއަލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފު ކުރެވިދާނެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންކަރޭރާސް ރެއާލް މެޑްރިޑްއަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއާސެނަލް އަންނަނީ މޮސްކުއެރާ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 2 ދުވަސް ކުރިންގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރކުޅިވަރު | 2 ދުވަސް ކުރިން