logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަދި ބްރެޒިލްގެ ކޯޗު އެންޗެލޯޓީ ޖަލަށްލުމަށް ހުކުމްކޮށްފި

އަބްދުﷲ ޣާނިމް
9 ޖުލައި 2025 - 15:11
ބްރެޒިލްގެ ކޯޗަށް އިއްވާފައިވަނީ 1 އަހަރުދުވަހުގެ ހުކުމެއް
ބްރެޒިލްގެ ކޯޗަށް އިއްވާފައިވަނީ 1 އަހަރުދުވަހުގެ ހުކުމެއް

މެޑްރިޑްގެ ކޯޓަކުން ބްރެޒިލްގެ ކޯޗު ކާލޯ އެންސެލޮޓީއަށް އެއް އަހަރު ދުވަހުގެ ޖަލު ޙުކުމަކާއި 386،000 ޔޫރޯ (375،000 ޑޮލަރު)ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިއީ 2014 ވަނަ އަހަރު ރިއަލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުރިއިރު އޭނާގެ އިމޭޖް ރައިޓްސްގެ އާމްދަނީގެ ޓެކްސް ނުދެއްކުމުގެ މައްސަލައެކެވެ.

ނަމަވެސް، ސްޕެއިންގެ ޤާނޫނުގެ ދަށުން، ކުރިން ކުށުގެ ރެކޯޑެއް ނެތް މީހަކު، އަނިޔާވެރި ނޫން ކުށަކަށް ދެ އަހަރަށްވުރެ ކުރު މުއްދަތެއްގެ ޙުކުމެއް އިއްވުމުން، އެ ޙުކުމް ސަސްޕެންޑް ކުރެވޭނެ ކަމަށް ބެލެވެއެވެ. ޕްރޮސިކިއުޓަރުން މި މައްސަލައިގައި އެދިފައިވަނީ 4 އަހަރާއި 9 މަހުގެ ޖަލު ޙުކުމަކާއި 3.2 މިލިއަން ޔޫރޯ (3.7 މިލިއަން ޑޮލަރު)ގެ ޖޫރިމަނާއަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި 2014 އަދި 2015 ވަނަ އަހަރު އެންސެލޮޓީ ސްޕެއިންގެ ޓެކްސް ރިޓާންގައި ހަމައެކަނި މެޑްރިޑުން ލިބުނު މުސާރަ ހިމަނާފައިވާ ކަމަށާއި، އިމޭޖް ރައިޓްސްގެ އާމްދަނީ ހިމަނާފައި ނުވާ ކަމަށެވެ.

އެންސެލޮޓީއަކީ ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކުން ތަޙުޤީޤު ކުރެވުނު ނަން މަޝްހޫރު ކުޅުންތެރިންނާއި ކޯޗުންގެ ތެރެއިން އެންމެ ފަހުން ހުކުމް ކުރި އެކަކެވެ.. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ސްޕެއިންގެ ޑިއެގޯ ކޮސްޓާ ފަދަ ގިނަ ކުޅުންތެރިންގެ މައްސަލަތައް ވަނީ ކޯޓުން ބޭރުގައި، ބޮޑެތި ޖޫރިމަނާތަކެއް ދައްކައިގެން ޙައްލުކޮށްފައެވެ.

ނަމަވެސް، 2023 ވަނަ އަހަރު، ކުރީގެ ބަޔަރ ލެވަކޫސެން އަދި މިހާރުގެ ރިއަލް މެޑްރިޑް ކޯޗު ޒާބީ އަލޮންސޯގެ މައްސަލައިގައި، އޭނާ އެއްވެސް އެއްބަސްވުމަކަށް ނުގޮސް އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށް، ސުޕްރީމް ކޯޓުން ވަނީ އޭނާ ކުށެއް ނެތްކަމަށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 20 ގަޑިއިރު ކުރިންމެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯކުޅިވަރު | 2 ދުވަސް ކުރިންބާސެލޯމާއިމް ރެފްރީންނަށް ރިޝްވަތުދިން މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރުވެއްޖެކުޅިވަރު | 4 ދުވަސް ކުރިން އެމްބާއްޕެ އެފްސީ ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށްފިކުޅިވަރު | 5 ދުވަސް ކުރިން