logo
E-Platinum
World

އަހަރެމެންގެ މަތިން މުޅި ދުނިޔެ ހަނދާން ނައްތާލައިފި - ޣައްޒާގެ ރައްޔިތެއް

އަޙްމަދު ޒަލީފް
19 ޖޫން 2025 - 08:17
އަހަރެމެންގެ މަތިން މުޅި ދުނިޔެ ހަނދާން ނައްތާލައިފި - ޣައްޒާގެ ރައްޔިތެއް

ޔަހޫދީން ޣައްޒާއަށް ޙަމަލާ ދެމުންދާ ކޮންމެ ދުވަހަކު މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ ކަމަށާއި، ޣައްޒާގެ ރައްޔިތުން މަތިން ދުނިޔެ ހަނދާން ނެތެމުންދާ ކަމަށް ޣައްޒާގެ ރައްޔިތަކު ބުނެފިއެވެ.

ޣައްޒާގެ ބައެއް ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޙާލަތާއި ތަކުލީފުތައް މަތިން ދުނިޔެ ހަނދާން ނެތުން އެކަށީގެންވެއެވެ. ޣައްޒާއާ ގުޅޭގޮތުން ވާހަކަ ދެކެވޭ މިންވަރު މަދުވަމުންދާ ކަމަށް އެ ސަހަރުގެ ބައެއް ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުނުވެ ސަލާމަތްވާ މީހުން ޝަހީދު ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކަމަށާއި، ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ކާބޯތަކެތި ހޯދަން ދާ މީހުން ވެސް ޝަހީދު ކުރަމުންދާ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި ޣައްޒާއަށް ވައްދާފައި ވަނީ 9،000 މެޓްރިކް ޓަނުގެ ސާމާނުކަމާއި އެއީ ޣައްޒާއަށް ހަޤީޤަތުގައި ބޭނުންވާ އެހީގެ މިންވަރުގެ ކުޑަ އިންސައްތައެއް ކަމަށް އެ އިދާރާއިން ދަނީ ބުަނަމުންނެވެ. ޑަބްލިޔުއެފްޕީން ނެރުނު ބަޔާނެއްގައި ބުނީ ބަނޑުހައިހޫނުކަމާއި ކާބޯތަކެއްޗަށް އިންތިހާއަށް ޖެހިފައިވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަގުތަކަށް އެއްވަމުން ކަމަށެވެ. އެއީ އެ ސަރަޙައްދުން ކޮންމެވެސް އެއްޗެއް ހޯދޭނެ ކަމުގެ އުންމީދުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 140 މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ ތެރެއިން 40 މީހުން ޝަހީދުވީ ޔަހޫދީންގެ ބަޑީގެ ޙަމަލާތަކާއި ވައިގެ ޙަމަލާތަކުގައި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި، ފާއިތުވި ތިން ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުހެން އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޣައްޒާގެ ރައްޔިތުން ކަތިލަމުންދާހެން ޝަހީދު ކޮށްލާފައިވާ މީހުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި World | 4 ދުވަސް ކުރިންޣައްޒާ ފަހު ނޭވާގައި: ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނެއްދުނިޔެ | 7 ދުވަސް ކުރިންޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި World | 11 ދުވަސް ކުރިންޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި ޚަބަރު | 15 ދުވަސް ކުރިން