logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

އަޙްމަދު ޒަލީފް
19 ޖޫން 2025 - 11:22
ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫއަށް ވަޑައިގެން،  ކާބޯތަކެތީގެ ރަށްކާތެރިކަމަށް ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ އެއަތޮޅު އުލިގަމާއި ކެލައަށްވެސް ވަޑައިގެން އެރަށްރަށުގެ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި ކައުސްސިލްތަކުންވަނީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީންތަކާއި، ލުއި ލޯނުގެ ފުރުޞަތުތައް އިތުރަށް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ޙިއްސާކޮށްފައެވެ.

ކެލާ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ އެރަށުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މަޝްރޫއެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވަޒީރު ވަނީ މިދަތުރުފުޅުގައި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި އެއަތޮޅުގައި ކުރިއަށްގެންދާ މާފައްސަށް ވަޑައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިޔަށްގެންދާގޮތް ބައްލަވައިލައްވާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން އެވުޒާރާއިންދަނީ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ ކުޑަ ވާދޫ މިއުޅެނީ ޒަމާނީ ދަނޑުވެރިކަމުގައިވެސް ކުރީގައި!ޚަބަރު | 3 ގަޑިއިރު ކުރިންވާދޫ ގްރީން ފާމްއަކީ މުޅި ގައުމަށް ހުރި ނަމޫނާއެއް: މިނިސްޓަރޚަބަރު | 4 ގަޑިއިރު ކުރިންހަނިމާދޫގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ފަށައިފިޚަބަރު | 5 މަސް ކުރިންއަމާންކަން ޤާއިމްކުރުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢަކީ ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުން: ވަޒީރު އިހްސާންޚަބަރު | 5 މަސް ކުރިން