logoEN
ކުޅިވަރު

އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 ޖޫން 2025 - 14:26

އަންނަ ހަފުތާގައި އެފްއޭއެމުން ބާއްވާ ކޮންގްރެސް އަށް ފަހު އެ އެސޯސިއޭޝަނުގެ އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށް އެފްއޭއެމްގެ އިދާރާއިން ބުނެފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.

އެ ކޮންގްރެސްގައި އޮތް އެންމެ މުހިންމު އެޖެންޑާއަކީ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުތައް ފާސްކުރުމެވެ.

އޭގެ ތެރޭގައި 2023 އަދި 2024 ގެ އަހަރީ ރިޕޯޓް ފާސް ކުރުމާއި، 2023 އަދި 2024 ގެ އޮޑިޓް ރިޕޯޓް ހުށަހެޅުމާއި، މި އަހަރުގެ ބަޖެޓް ފާސް ކުރުން ހިމެއެވެ.

މީގެ އިތުރުން 2025 އިން 2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުމާއި، ހިންގާ ގަވާއިދު ފާސް ކުރުމާއި، އިލްކްޓޯރަލް ކޯޑް ފާސް ކުރުމުގެ އިތުރުން

އާ އިންތިހާބު ބާއްވާނެ ތާރީހް ކަނޑައެޅުން ހިމެނެއެވެ.

ކޮންގްރެސް އަށް ފަހު ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ފަހު އާ އިންތިހާބު އިއުލާންކޮށް އެކްސްކޯ އިންތިހާބު ކުރާނެ ތާރީހް ކަނޑައަޅާނެކަމަށް އެފްއޭއެމް އިން ބުނެއެވެ.

ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އެ އިދާރާއިން ދިން އެއް އަހަރުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮމެންޓް

871x217_placeholder