ހަނގުރާމައިގައި ބައިވެރިވުމާމެދު ގޮތް ނިންމަން 2 ހަފްތާ ބޭނުން - ޓަރަމްޕް


20 ޖޫން 2025 - 09:18
ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް ޓްރަމްޕް ބުނެފިއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން އެމެރިކާއިން އަޅާނެ ފިޔަވަޅުތަކަކާ މެދު ޓްރަމްޕް މި ވަގުތު ގެންދަވަނީ ވިސްނަވަމުންނެވެ.
ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން ވެސް އީރާނަށް ޙަމަލާ ދޭން ފެށުމަށް ޓްރަމްޕް ނިންމެވުން ގާތެވެ. އެ ކަމާ މެދު އޮތް ކަންބޮޑުވުން ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވާހަކަފުޅު ދައްކަވާފައި ވަނީ ފޯނުން ގުޅުއްވައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ޢަރާޤިޖީއާއި ވިޓްކޮފް މަޝްވަރާ ކުރައްވާފައިވާ ކަން ހާމަ ކޮށްފައި ވަނީ ވިލާތުގެ ޤައުމުތަކުގެ މަޞްދަރުތަކުންނެވެ.
ވިޓްކޮފާ ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފަށާނީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމުން ކަމުގައި ވިދާޅުވެފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާ ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުންނެވެ. އެ މަޝްވަރާތައް ފަށާފައި ވަނީ އޭޕްރިލް މަހުއެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ފެށުމާ އެކު އީރާނުން ވަނީ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ
އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްވުމަށް ފަހު، އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ފުރުޞަތެއް އީރާނަށް ނުދޭނެ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް
8 މަސް ކުރިން
ރަޙީނުން މިނިވަންކުރަން ގޮވާލައި ޓްރަމްޕްގެ އިންޒާރު ހަމާސްއަށް
6 މަސް ކުރިން
ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން
6 މަސް ކުރިން