logo
Bank of Maldives

Bank of Maldives

ދުނިޔެ

ކުންފުނިތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުން ބަދަލު ކުރަން ޓްރަމްޕްއަށް މަޖުބޫރު

އަޙްމަދު ޒަލީފް
5 އޯގަސްޓު 2025 - 06:18
ކުންފުނިތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުން ބަދަލު ކުރަން ޓްރަމްޕްއަށް މަޖުބޫރު

ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ އެމެރިކާގެ ސްޓޭޓްތަކާއި ރަށްތަކަށް 'ފީމާ' މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމުމަށް ފަހު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ނިންމުން ބަދަލު ކޮށްފިއެވެ.

ފީމާ އަކީ ޤުދުރަތީ ކާރިސާތަކުން އަރައިގަތުމުގައި ސްޓޭޓްތަކާއި ރަށްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާގެ ފައިސާ ނުލިބޭނެ ގޮތަށް ޓްރަމްޕްގެ ސަރުކާރުން ސިޔާސަތު ބަދަލު ކޮށްފައި ވަނީ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޔަހޫދީންނާ ދެކޮޅު އަޑުތައް ގަދަވަމުން ދިޔުމާ ގުޅިގެންނެވެ. އަދި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވަމުންދާ ސްޓޭޓްތަކާއި ރަށްތަކުގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ޒަޔަނިސްޓު އިސްރާއީލުގެ ކުންފުނިތަކާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގުން މެދުކަނޑައިނުލާނެ ކަން ސްޓޭޓްތަކާއި ރަށްތަކުން ކަށަވަރު ކޮށްދިނުމަކީ ފީމާގެ އެހީ ލިބުމުގެ މައިގަނޑު ޝަރުޠެއްގެ ގޮތުގައި ޑީއެޗްއެސްގެ ސިޔާސަތުގައި ބަޔާން ކޮށްފައި އޮތެވެ. ނަަމަވެސް، ޑީއެޗްއެސުން މިހާރު މި ވަނީ އެ ސިޔާސަތު އުވައިލާފައެވެ. އަދި، ޔަހޫދީންގެ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމި ނިންމުން ބަދަލު ކޮށްފައެވެ.

ޤުދުރަތީ ކާރިސާތައް ކުރިމަތިވެފައިވާ ސްޓޭޓްތަކާއި ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ސިޔާސަތު މުރާޖާކޮށް ޑީއެޗްއެސުން ދާދިފަހުން ވަނީ އައު ސިޔާސަތެއް ޢާންމު ކޮށްފައެވެ. އޭގައި ބުނެފައި އޮތީ، ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާ މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައިވާ ކަމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ނިވަލުގައި ސުލްޙައިގެ އިނާމުހޯދައި އިރާނަށް ޓެރަރިސްޓް ހަމަލާދިން ޓްރަމްޕް ގޯޓް މެސީ އާއި ބައްދަލުކޮށްފިކުޅިވަރު | 8 ދުވަސް ކުރިން"ދުނިޔޭގެ އެންމެ ބާރުގަދަ ރައީސް" އަށް ގޮންޖަހާ، ކޯޓުން ޓެރިފްތައް ބާތިލުކޮށްފިދުނިޔެ | 21 ދުވަސް ކުރިންޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!ދުނިޔެ | 2 މަސް ކުރިންވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | 2 މަސް ކުރިން