logo
Bank of Maldives

Bank of Maldives

ދުނިޔެ

"ދުނިޔޭގެ އެންމެ ބާރުގަދަ ރައީސް" އަށް ގޮންޖަހާ، ކޯޓުން ޓެރިފްތައް ބާތިލުކޮށްފި

އިސްމާޢިލް ރާތިޢު
21 ފެބްރުއަރީ 2026 - 07:29
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ރަޢުޔަކީ ޤައުމުތަކުން އެތެރެކުރާ މުދަލުން އެފަދަ ޓެރިފެއް ނެގުމަކީ ރައީސްގެ ހައިސިއްޔަތެއް ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫންކަމަށެވެ. އެ ޓެރިފްތައް ކަނޑައަޅާފައި ވަނީ އިންޓަނޭޝަަނަލް އެމަޖެންސީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ)ގެ ދަށުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ 1977 ވަނަ އަހަރުގެ މި ޤާނޫނުގެ ދަށުން ރައީސްއަކަށް އެ ގޮތަށް ޓެރިފް ކަނޑަނޭޅޭނެ ކަމަށާއި، ޓެކްސްއާއި ޓެރިފް ކަނޑައެޅޭނީ ހަމަ އެކަނި ޤާނޫނު ހަދާ މަޖިލީހަށް ކަމަށެވެ.

އެންމެ މަތީ ކޯޓުގެ މި ނިންމުމުގެ ސަބަބުން ޓްރަމްޕްގެ ވިޔަފާރި ސިޔާސަތަށް ހިޔަނި އެޅޭނެ ކަމަށް ބެލެވެއެވެ. ޓްރަމްޕް ޓެރިފްތައް ތަޢާރަފް ކުރެއްވި ފަހުން މިހާތަނަށް ޓެރިފްގެ ގޮތުގައި 175 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއަށް ލިބިފައިވާއިރު، އެ ފައިސާ އަނބުރާ ޤައުމުތަކަށް ރައްދުކުރާނެ ގޮތެއް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ އެ ޤައުމުގެ ބައެއް ސްޓޭޓުތަކާއި ވިޔަފާރިތަކުން ޓްރަމްޕް ތަޢާރަފް ކުރެއްވި ޓެރިފްތަކާމެދު ސުވާލު އުފައްދައި، އެއީ ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅެއްތޯ ސާފުކުރުމަށް ކޯޓު މެދުވެރިކޮށް މަސައްކަތް ކުރުމުންނެވެ.

ކޯޓުގެ ނިންމުމާއެކު ޓްރަމްޕް ވަނީ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޓެރިފްތައް އަލުން ނެގޭނެ އެހެން ގޮތްތަކެއް ހުރި ކަމަށާއި އެ ގޮތްތައް މެދުވެރިކޮށް މިހާރަށް ވުރެ ގިނަ ފައިސާ ހޯދޭނެ ކަމަށެވެ. އަދި ދެން އިޚްތިޔާރު ކުރާނީ އެ މަގު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ދުނިޔޭގެ އެންމެ ބާރުގަދަ ރައީސް" އަށް ގޮންޖަހާ، ކޯޓުން ޓެރިފްތައް ބާތިލުކޮށްފިދުނިޔެ | 3 ގަޑިއިރު ކުރިންޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!ދުނިޔެ | މަހެއް ކުރިންވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | މަހެއް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | 2 މަސް ކުރިން