logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!

އިސްމާޢިލް ރާތިޢު
23 ޖެނުއަރީ 2026 - 05:21
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

އެ ބޯޑު ފުރިހަމައަށް އެކުލަވާލެވުމުން، ޣައްޒާގެ އިތުރުން ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު، ޓްރަމްޕް ހާމަކުރައްވާފައި ވެއެވެ. އެ ބޯޑު މަސައްކަތް ކުރާނީ އދ އާ ގުޅިގެން ކަމަށް ވިދާޅުވިނަމަވެސް، މިހާތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އދ އަށް މަސައްކަތް ކުރެވިފައިވާ ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރައްވައެވެ.

ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ.

އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދ އިން މިހާރު އަދާ ދައުރަށް ހިޔަނި އެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ފަސްޖެހެމުންނެވެ.

އެ ބޯޑުގައި ބައިވެރިވާ ޤައުމުތަކުން، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޣައްޒާގައި ސުލްޙަ ޤާއިމުކުރެވެމުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކުގައި ސުލްޙަ ޤާއިމުކުރެވޭނެކަމުގެ ނަމޫނާއަކަށް އެ ބޯޑު ވެގެންދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ އިތުރުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އދ ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ޤައުމުން އެ ބޯޑުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައެއް ނުވެއެވެ.

އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރިކަމަށް ރަޝިޔާއިން ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެ ބޯޑުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!ދުނިޔެ | 4 ގަޑިއިރު ކުރިންވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | 6 ދުވަސް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | 19 ދުވަސް ކުރިން''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟ދުނިޔެ | 22 ދުވަސް ކުރިން