logo
Bank of Maldives

Bank of Maldives

ކުޅިވަރު

މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމްޕް ވަގަށް ނަގައިފި - ކުކުރެލާ

އަބްދުﷲ ޣާނިމް
23 ޖުލައި 2025 - 04:21
މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި

އެމެރިކާގައި ކުރިޔަށްދިޔަ ފީފާ ކުލަބް ވޯލްޑްކަޕްގެ މެދުތެރެއިން ޗެލްސީގެ ކުޅުންތެރިއެއްކަމުގައިވާ ނޮނީ މަޑުއެކޭ ސްކޮޑް ދޫކޮށް އާސެނަލް އަށް ބަދަލުވުމުން، އޭނާއަށް މުބާރާތުގައި ލިބެންޖެހޭ ގޯލްޑް މެޑަލް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެގިކަމަށް ބުނެ، ޗެލްސީގެ ޑިފެންޑަރ މާކް ކުކުރެލާ ވާހަކަދައްކައިފިއެވެ.

ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެއްލާ ވަނީ ނޮނީ މަޑުއެކޭ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން ޓީމު ދޫކޮށް ދިއުމަކީ ކުށްވެރިކުރަންޖެހޭ ކަމެއް ކަމުގައި ބުނެފައެވެ. އަދި ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތުގައި މިހާރު މެޑުއެކީގެ މެޑަލް އޮތް ކަމަށް ވާހަކަދައްކާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގައި އޭނާގެ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ސުވާލު-ޖަވާބު ސެޝަނެއްގައި ވާހަކަދައްކަމުން ކުކުރެއްލާ ބުނީ، މަޑުއެކޭ 52 މިލިއަން ޕައުންޑަށް އާސެނަލްއަށް ބަދަލުވުމަށްޓަކައި، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ކުރިން އެމެރިކާއިން ފުރައިގެން ދިއުމަކީ އޭނާއަށް ލިބުނު ރަނގަޅު ފުރުސަތެއް ގެއްލުވާލި ކަމެއް ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި އޭނާ ވަރަށް ރަނގަޅު ފުރުސަތެއް ނަގާލީ. އޭނާ ފަސްޓް ޓީމުގައި ނުކުޅުނު ނަމަވެސް، އެއީ އޭނާގެ މުސްތަޤުބަލާ ގުޅޭ ކަންކަމުގެ ސަބަބުން ކަމަށް ހީވަނީ. އިތުރު ދެ ދުވަސް މަޑުކޮށްލެވުނު ނަމަ ރަނގަޅުވީސް. އެހެން ހެދުމުން އެއްވެސް ގެއްލުމެއް ނުވީސް،" ކުކުރެއްލާ ބުނެފައިވެއެވެ.

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް ޓްރޮފީ ހަވާލުކުރުމުގައި ޓްރަމްޕް ގިނަ ވަގުތު ހޭދަކުރި މަންޒަރު ވައިރަލްވުމާ ގުޅިގެން ކުކުރެއްލާ މަޖާކޮށް ބުނެފައިވަނީ،

 "އޭނާ [ޓްރަމްޕް] އެ މެޑަލް ޖީބަށްލައިފި. މިހާރު ވައިޓް ހައުސްގައި ވަރަށް ރީތިކޮށް ބަހައްޓާފައި އޮންނާނީ" ކަމަށެވެ.

ޓްރަމްޕް ގޯލްޑް މެޑަލް އެއް ކޯޓުތެރެޔަށް ލާ ވީޑިއޯގެ އެކި މީސްމީޑިޔާގައި އެކިފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

518271730_1267768001385450_5938483553437762334_n.jpg

ޓްރަމްޕް ގޯލްޑް މެޑަލެއް ކޯޓުތެރެޔަށް ލަނީ - ފޮޓޯ: ދަ ސަން

23 އަހަރުގެ މަޑުއެކޭ ވަނީ ފައިނަލަށް ދިއުމުގެ ކުރިން ޗެލްސީ ކުޅުނު 6 މެޗުންކުރެ 5 މެޗެއްގައި ބައިވެރިވެފައެވެ. ސްޓެމްފޯޑް ބްރިޖްގައި ހޭދަކުރި ދެއަހަރާއި ބައިގެ މުއްދަތުގައި 92 މެޗު ކުޅެ 20 ލަނޑު ޖަހާފައިވާ މަޑުއެކޭމިހާރުވަނީ 2030 ވަނަ އަހަރާ ހަމައަށް އާސެނަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 3 ދުވަސް ކުރިންޗެލްސީވެސް ސިޓީއާއެކު ދަންމަޅި އަމިއްލަ ކަރަށް މަހައިފި! މިފަހަރު 75 ދަޢުވާކުޅިވަރު | 6 ދުވަސް ކުރިންޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި ދުނިޔެ | 10 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 15 ދުވަސް ކުރިން