logo
ކުޅިވަރު

އާރޖެންޓީނާގެ ވަރުގަދަ ބޮކަޖޫނިއަރސް ބަލިކޮށް ބަޔާން ގަދަ 16 އަށް

އަބްދުﷲ ޣާނިމް
21 ޖޫން 2025 - 05:02
ބަޔާން ވަނީ ވޯލްޑްކަޕްގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައި- ފޮޓޯ: ބަވޭރިއާ
ބަޔާން ވަނީ ވޯލްޑްކަޕްގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައި- ފޮޓޯ: ބަވޭރިއާ

އެމެރިކާގައި ކުޅެމުންދާ ފީފާ ކްލަބް ވޯލްޑް ކަޕް 2025 ގެ ގްރޫޕް ސީގެ އެންމެ ފޯރިގަދަ މެޗުގައި ބަޔާން މިއުނިކުން އާރޖެންޓީނާގެ ގަދަބާރެއްކަމުގައިވާ ބޮކަ ޖޫނިއަރސް ބަލިކޮށްފިއެވެ. ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 2-1 އިންނެވެ. މިއީ މި މުބާރާތުގައި ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް ޔޫރަޕިއަން ޓީމަކުން ހޯދި ފުރަތަމަ މޮޅުވުމެވެ.

63،587 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗާއެކު ބަޔަން މިއުނިކް ވަނީ 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ހިފަހައްޓާފައެވެ. އަދި މިމޮޅާއެކު ބަޔާން ވަނީ މުބާރާޓުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ބެންފިކާ އޮތީ 4 ޕޮއިންޓާއެކު ދެވަނައިގައެވެ. ބޮކަ ޖޫނިއަރސް އޮތީ އެންމެ ޕޮއިންޓަކާއެކު ތިންވަނައިގައެވެ. އޯކްލޭންޑް ސިޓީ އަދިވެސް ވަނީ ޕޮއިންޓެއް ނުލިބިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 18 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ބަޔާން އަށް ލީޑު ނަގައިދީފައެވެ. މިގޯލުގެ އިތުރުންވެސް ބަޔާންއަށް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބިގެން ގޮސްފައެވެ.

ދެވަނަ ހާފުގައި ބޮކަ ޖޫނިއަރސް އިން ވަނީ ކުޅުން ރަނގަޅުކޮށް 66 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން ބަޔާން މޮޅުވި ގޯލުޖަހައިދިނީ 84 ވަނަ މިނެޓުގައި މައިކަކް އޮލީސޭ އެވެ.

މިއީ ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް މިމުބާރާތުގައި ޔޫރަޕުގެ ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 3 ދުވަސް ކުރިންސްޓުޓްގާޓް ބަލިކޮށް ޖަރމަން ސުޕަކަޕް ބަޔާން އަށްކުޅިވަރު | 17 ދުވަސް ކުރިންލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | މަހެއް ކުރިން