ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ލޮޅުމެއް، ޑޮލަރުގެ އަގު އުފުލެނީ


21 ޖޫން 2025 - 11:45
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ލޮޅުމެއް އައިސްފިއެވެ.
އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހެދި ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އުފުލެން ފަށާފައެވެ.
ޑޮލަރުގެ އަގު ކަނޑައަޅަނީ މައި ހަ ގައުމެއްގެ ފައިސާ އަށް ބަލައިގެން ކަމަށް ވާއިރު، އޭގެ ތެރޭގައި ސުވިސް ފްރެންކް، ޖަޕާނުގެ ޔެން އަދި އީޔޫ ގައުމުތަކުގައި ބޭނުންކުރާ ޔޫރޯ ހިމެނެއެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު، ޔޫރޯ ވަނީ 0.3 ޕަސެންޓު ކުރިއަށް ޖެހިލައި، ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާބަލާއިރު، ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބަޒަރުގައި 77 ޑޮލަރުގައި ހިފެހެއްޓިފައެވެ.
ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު، ޔޫރޯ ވަނީ 0.3 ޕަސެންޓު ކުރިއަށް ޖެހިލައި، ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.
މާލީ މާހިރުންގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އިޒްރޭލާއި އީރާނުގެ ކުރިމަތިލުންތައް ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ.
އިތުރު ލިޔުންތައް

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި
މަހެއް ކުރިން
އިސްރާޢިލުން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ
މަހެއް ކުރިން
އީރާންގެ ނިއުކްލިޔަރ ޕްރޮގުރާމުގެ ކޮންޓްރޯލް ޓްރަމްޕަށް ނެގިދާނެތަ؟
މަހެއް ކުރިން