logo
ދުނިޔެ

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖޫން 2025 - 02:16
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

އެކި ބަހަނާ ދެއްކުމަށްފަހު، އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފިއެވެ.

އީރާންގެ ތިން ނިއުކްލިއަރ ސައިޓަކަށް ކާމިޔާބު ހަމަލާއެއް ދީފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތް ސޯޝަލް މެދުވެރިކޮށް ޢިއުލާންކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަހަރެމެން ވަނީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް، އޭގެ ތެރޭގައި ފަރްދޫ، ނަތަންޒް އަދި އިސްފަހާން ހިމެނޭ ގޮތަށް، ވަރަށް ކާމިޔާބު ހަމަލާއެއް ދީ ނިންމާފައި،" ޓްރަމްޕް ވިދާޅުފަވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ހުރިހާ މަތިންދާބޯޓުތަކެއް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައިވާ ކަމަށާއި، އިރުމަތީ ސްޓޭންޑަޑް ޓައިމުން ހަވީރު 7:50 ގެ ކުޑައިރުކޮޅެއް ފަހުން އެ މަތިންދާބޯޓުތައް އެނބުރި އަސްކަރީ މަރުކަޒުތަކަށް ދަތުރުކުރަމުންދާ ކަމަށެވެ.

"އަހަރެމެންގެ ޝަރަފްވެރި އެމެރިކާގެ ހަނގުރާމަވެރިންނަށް މަރުހަބާ. މި ކަން މިގޮތަށް ކުރެވޭނެ އެހެން އަސްކަރިއްޔާއެއް ދުނިޔޭގައި ނެތް!" ވަރަށް ބޮޑާވެފައި އޭނާ ވިދާޅުވެފަވެއެވެ.

ހަމަލާތަކަށްފަހު، ފަހުން ޓްރަމްޕް ވިދާޅުވީ އޭނާ އިރުމަތީ ސްޓޭންޑަޑް ޓައިމުން ރޭގަނޑު 10:00 ގައި ޤައުމާ މުޚާޠަބުކުރައްވާނެ ކަމަށެވެ. އަދި މި ހަމަލާތަކަކީ "އެމެރިކާގެ އެކުވެރި ޤައުމުތަކަށާއި، އިސްރާއީލަށާއި، އަދި މުޅި ދުނިޔެއަށް ތާރީޚީ ވަގުތެއް" ކަމުގައި ސިފަކުރެއްވިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ފަރްދޫ މަރުކަޒަށް ޙަމަލާ ދިނުމަށް 14 ޓަނުގެ ޖީބީޔޫ-57 ބޮމުގެ ގިނަ ޢަދަދެއްގެ ބޮން އަޅާފައިވެއެވެ.

ހަމަލާތަކަށްފަހު ޓްރަމްޕް ވަނީ ހައްދުފަހަނާ އަޅާފައިވާ އިސްރާއީލްގެ ބޮޑުވަޒީރަށް ޝުކުރު ދަންނަވާފައެވެ. އަދި އިސްރާއީލަށް އިތުރު އިންޒާރު ދެއްވިއެވެ.

''އޮންނާނީ އެއްކޮށް ސުލްހަ، ނުވަތަ ވޭތުވެދިޔަ 8 ދުވަހުގެ ތެރޭގައި އަހަރުމެންނަށް ފެނިފައިވާ މިންވަރަށްވުރެ މާ ބޮޑު ހިތާމައެއް އީރާނަށް ކުރިމަތިވާނެ، ހަނދާން ބަހައްޓާތި! އަދިވެސް ގިނަ އަމާޒުތައް ބާކީ އެބަހުރި! މިރޭގެ އަމާޒަކީ އެންމެ އުނދަގޫ އަމާޒު! އަދި އެއީ އެންމެ ނުރައްކާތެރި އަމާޒު ކަމުގައިވެސް ވެދާނެ! އެހެންނަމަވެސް އަވަހަށް ސުލްހަ ނާންނަ ނަމަ، އަހަރުމެން އެހެން އަމާޒުތަކަށް ދާނީ ވަރަށް ފަރުވާތެރިކަމާއި، އަވަސްކަމާއި އަދި ހުނަރުވެރިކަމާ އެކުގައި!" ،" ޓްރަމްޕް އިންޒާރު ދެއްވާފަވެއެވެ.

ޓްރަމްޕް ފާހަގަކުރެއްވި ތިން ހަމަލާގެ ސައިޓްތަކަށް އަމާޒުވެފައިވާކަން އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 4 ދުވަސް ކުރިންބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިޚަބަރު | 8 ދުވަސް ކުރިންއެމެރިކާގެ ހެލްތް އެންޑް ހިއުމަން ސާވިސްގެ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި ސިޓީއެއްޚަބަރު | 11 ދުވަސް ކުރިންއީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 2 މަސް ކުރިން