މާލޭގެ ގެއެއްގެ މަތިން ދިވެހި އަންހެނަކު ވެއްޓިއްޖެ


22 ޖޫން 2025 - 04:45
މާލޭގެ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ތިރިއަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭގެ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
މިހާރު އެ އަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދާދިފަހުން ވަނީ ހެންވޭރުގެ ގެއެއްގެ މައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމައްސަލަ ބެލުމަށް ކަނޑައެޅި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނީ ޔުމްނު ފުންމާލީކަމަށް ނުވަތަ ވަައްޓާލީކަމަށް ނުބެލެވޭކަމަށާއި ބުރަވެވެނީ އޭނާ ވެއްޓުނުކަމަށްކަމަށެވެ.
އިތުރު ލިޔުންތައް

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރަށް
10 މަސް ކުރިން
ހޯރަފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
10 މަސް ކުރިން
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގަނީ، ސަމާލުވޭ!
9 މަސް ކުރިން.webp&w=3840&q=75)