logo
ޚަބަރު

600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވޭ - މިނިސްޓަރ

އަޙްމަދު ޒަލީފް
22 ޖޫން 2025 - 06:14
 600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވޭ - މިނިސްޓަރ

މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގުރާމްގެ ތެރެއިން، ޚާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި 600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން %74 އަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްޕެޝަލް އެޑިކުއޭޝަނަލް ނީޑްސް، ސެން ޓީޗަރުން ލިބުމުގައިވެސް ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޖުމުލަ 600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސެން ޓީޗަރުން ތަމްރީންކުރުމުގެ ޚާއްސަ ޕްރޮގުރާމެއް މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަންވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ޤައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާޙުކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލުމަށް ހޯދުމަށްކަމަށާއި، މިޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ: އެޑިއުކޭޝަން މިނިސްޓަރޚަބަރު | 5 ގަޑިއިރު ކުރިންފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއުޚަބަރު | 18 ދުވަސް ކުރިންތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި ޚަބަރު | 2 މަސް ކުރިންޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން