logo
ޚަބަރު

ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއު

އާމިނަތު ޝަފާ
27 އޯގަސްޓު 2025 - 12:11
ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއު

އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން މިހާރު މީޑިއާތަކުގައި ފަތުރަމުން އަންނަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށާއި ސަރުކާރުގެ ސްކޫލްތަކުގައި ކޮންމެ ކުއްޖަކަށްވެސް ހިލޭ ކިޔެވޭނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލަކީ ބެލެނިވެރިން އެ ބަދަލަކަށް ތައްޔާރުނުވެ ތިއްބައި އައި މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ގެންނަ ބޮޑެތި ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށްބުނެ އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާ ހަވާލާދީ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަޒީރުވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެކަން ހާމަކޮށް ވަޒީރު ވިދާޅުވީ ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީދައްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫންކަމަށެވެ. ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރިގޮތެއްނޫންކަން ފާހަގަކުރައްވައި އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1ން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށްވެސް ފީދައްކަން ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

" ނަތީޖާއަކީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުމެވެ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި ވުޒާރާއިން ފީދައްކައިދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިޢާޔަތްކޮށް ބައެއް ދަރިވަރުންނަށް ސަރުކާރުން އެހީ ދޭކަމަށާއި ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއް ދީނެއް. އެއް ސަގާފަތެއް. ކިޔަވައިދެނީ އެއް ކަރިކުލަމަކަށް، ކުދިން ހަދާނީ އެއް އިމްތިހާނެއް. އަމީނިއްޔާ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮންގ ގައިވެސް ހަދާނީ. ވ. އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުންހަދާ އިމްތިހާނު އިޔާޘުއްދީން ދަރިވަރުންވެސް ހަދާނީ." ވަޒީރު ވިދާޅުވިއެވެ.

ބައެއް ސްކޫލް އިންޓަރނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީވެސް އިންޓަރނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތައްކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ: އެޑިއުކޭޝަން މިނިސްޓަރޚަބަރު | 5 ގަޑިއިރު ކުރިންފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއުޚަބަރު | 18 ދުވަސް ކުރިންތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި ޚަބަރު | 2 މަސް ކުރިންޓީޗަރުންނަށް ދަތިވާކަންކަން ޕޮލިސީ ލެވެލްގައި ހައްލުކުރަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން