logo
Bank of Maldives

Bank of Maldives

ޚަބަރު

ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި

ޝަހްޒާ މުހައްމަދު
14 ޖުލައި 2025 - 11:57
ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި

ތަޢުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމާއިމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢުދީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް ވަޒީރު މަރުޙަބާ ދެންނެވިއެވެ.

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް އައު ސަފީރު ކަނޑައެޅުއްވީ މިމަހުގެ 6 ވަަނަ ދުވަހުއެވެ. ދިވެހިރާއްޖެއާ ސަޢުދީ ޢަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލުގައި އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ ޚަބަރު | 4 ދުވަސް ކުރިންއެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 10 ދުވަސް ކުރިންސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | 4 މަސް ކުރިންމަޖީދިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށަނީޚަބަރު | 5 މަސް ކުރިން