logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ: އެޑިއުކޭޝަން މިނިސްޓަރ

ޝަހްޒާ މުހައްމަދު
14 ސެޕްޓެމްބަރު 2025 - 04:32
އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާޢީލް ޝަފީޢު
އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާޢީލް ޝަފީޢު

މަތީ ސާނަވީއަށް ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުޞަތާއެކު، މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން، އެޑިއުކޭޝަން މިނިސްޓަރު އިސްމާއިން ޝަފީއު ވިދާޅުވި ގޮތުގައި، މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުސަތުތަކެއް މި އަހަރު ފަހިކޮށްދީފައިވެއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރު މަތީ ސާނަވީއަށް ވަން ދަރިވަރުންގެ އަދަދާއެކު ފެންނަނީ، ސަރުކާރުގެ ސިޔާސަތު ހާސިލްވަމުންދާތަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު 6،700 ދަރިވަރުން އޯލެވެލް ނިންމިއިރު، އޭލެވެލްއަށް ކިޔަވަން ވަދެފައިވަނީ 2،100 ދަރިވަރުންނެވެ. ނަމަވެސް މިއަހަރު 6،500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3،200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރު އިތުރު 13 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށާއި، މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭ 66 ސްކޫލް ހުރި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މަތީ ސާނަވީ މުހިންމުވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫނެވެ. މިއީ ވަޒީފާގެ މާޙައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާއި އާންމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކުރާ މަރުހަލާއެކެވެ.

އަދި ސަރުކާރުން ނިންމާފައިވަނީ ދެ ޕާތްވޭއަކަށް މަތީ ސާނަވީގެ މަރުހލާތައް ގެންދިއުމަށް ކަމަށާއި، އެގޮތުން އެކަޑެމިކް ޕާތްވޭގެ އިތުރުން، ވޮކޭޝަނަލް ތައުލީމުގެ މަރުހަލާއެއްވެސް ހިމެނުމަށް ނިންމާފައިވާ ކަމަށް ވަޒީރު އިސްމާއިލް ޝަފީއު ހާމަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލުގައި އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ ޚަބަރު | 5 ގަޑިއިރު ކުރިންއެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 6 ދުވަސް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 2 މަސް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 4 މަސް ކުރިން