logoEN
ޚަބަރު

ނަތީޖާ ރަނގަޅު ކުރަން އެންމެ ބޮޑު ބަދަލެއް ގެންނަނީ އެޑިޔުކޭޝަން މިނިސްޓްރީ އަށް

އާމިނަތު ސަފާއާމިނަތު ސަފާ

22 ޖޫން 2025 - 06:30

ނަތީޖާ ރަނގަޅުކުރަން އެޑިޔުކޭޝަން މިނިސްޓްރީގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ނިންމައި އެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކުރަން ކުރިއަށް ގެންދާ ޖަލްސާގެ ތިން ވަނަ ދަންފަޅީގައި މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ތައުލީމަށް އިންގިލާބި ބަދަލެއް ގެނައުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެނީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށެވެ. އަދި ޒަމާނުއްސުރެ އޮތް މުސްކުޅި ކަންތައްތައް ކަޑުވާލައި، އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާ ވެސް ޒަމާނާ ގުޅޭގޮތަށް އަދި ސްކޫލްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ފަންނީ އެހީތެރިކަން ދެވޭފަދަ މިންވަރަކަށް އެޑިޔުކޭޝަން މިނިސްޓްރީ ހަރުދަނާކޮށްގެން މެނުވީ އެކަށީގެންވާ ނަތީޖާއެއް އަޅުގަނޑުމެންނަށް ހާޞިލެއް ނުކުރެވެނެ ކަމަށެވެ.

ދެވަނަ ދަންފަޅީފައި މިނިސްޓަރު އިޝާރާތް ކުރެއްވީ އޯލެވެލް ނިންމާ ދަރިވަރުންގެ ނަތީޖާއާ މެދު ކަންބޮޑުވުން އޮތް މިންވަރުގެ މައްޗަށެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު ބަދަލެއް ގެންނަ އެއް ސެކްޝަނެއްގެ ގޮތިގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާ ކަމަށާއި ޕޭކޮމިޝަނުގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓްގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ހިނގަމުންދާނެ ކަމަށެވެ.

އެއާ އެކު މިނިސްޓަރު ވިދާޅުވީ، "ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެން މެނުވީ މޮޅު ނަތީޖާއެއް ނުހޯދޭނެ. ހިތްހަމެޖެހޭ ވެއްޓެއް ޤާއިމެއް ނުކުރެވޭނެ. އެހެން ވީމާ 2024 ވަނަ އަހަރަށްވުރެ 2025ވަނަ އަހަރު ތައުލީމީ ބަޖެޓަށް ގާތްގަޑަކަށް 300 އެއްހާ މިލިއަން ރުފިޔާ އިތުރުކޮށްފައި"ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރެއްގެ ބޮލަށް ޖެހޭ އަދަދު މަތިނުކޮށް އަޅުގަނޑުމެންނަށް ތައުލީމީ ފެންވަރު މަތިނުކުރެވޭނެ ކަމަށާއި ދައިލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ ރަނގަޅު ބަދަލެއް މިދިޔަ އަހަރު ވެސް އައިސްފައި ވަނީ ތައުލީމީ ދާއިރާއަށް ކަމަށާއި އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ދާނެކަން ކަށަވަރު ކަމަށެވެ.

ކޮމެންޓް

871x217_placeholder