logo
Bank of Maldives

Bank of Maldives

ޚަބަރު

އޭލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާކަމުގައި ކަނޑައަޅަނީ

އާމިނަތު ޝަފާ
23 ޖޫން 2025 - 12:54
އޭލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާކަމުގައި ކަނޑައަޅަނީ

މި ފަސް އަހަރު ނިމޭއިރު އޭލެވެލް އެއީ ސްކޫލް ނިންމާ މަރުޙަލާކަމުގައި ކަނޑައަޅާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި ފާއިތުވި އަހަރު އަތޮޅުތރޭގެ 23 ސްކޫލެއްގްއި ފެށި ޕައިލެޓް ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 އިންސައްތަ އިތުރުވި ކަމަށެވެ. އަދި ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމް މާލޭގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދަން މާލެއާއި ހުޅުމާލޭގައި ހުރި ސީއެޗްއެސްސީގައި ޖާގަ ވެސް އެބަހުރި ކަމަށެވެ.

އޭލެވެލްއަށް ކިޔެވުން މިހާރު ވެސް ގިނަ ކުދިން މަހުރޫމް ވަމުންދާކަން އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވަން ފުރުޞަތު ފަހިކޮށް، ކުދިން ބާކީ ކުރުމުގެ ސަޤާފަތް ނައްތާލައްވާނެ ކަމަށެވެ،

"ބާކީ ކުރުމުގެ ސަޤާފަތް ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްއކޫލް ނިންމާ މަރުހަލާގެ ގޮތުގައި މި ފަސްއަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުމަކީ ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން"

މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވާންޖެހޭ ކަމަށާއި 2024 ވަނަ އަހަރު ޔުނިވަރސިޓީތތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވިކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ. އެއީ ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 48 އިންސައްތަ އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންސްކޫލުގައި އިސްލާމް، ދިވެހި އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ ޚަބަރު | 3 މަސް ކުރިންއެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 3 މަސް ކުރިންމަޖީދިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށަނީޚަބަރު | 7 މަސް ކުރިން