logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި ބަޔަކު ނުތިބޭނެ: ވަޒީރު ޝަފީޢު

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 07:26
އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި ބަޔަކު ނުތިބޭނެ: ވަޒީރު ޝަފީޢު

އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި ބަޔަކު ނުތިބޭނެކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ. ވަޒީރު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ މުދައްރިސުންނަށް އަރިސް ކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުގެ މެސެޖުގައި، މުދައްރިސުންނަކީ ގައުމު ބިނާ ކުރުމުގެ މޭސްތިރިންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އަންނަން އޮތް ޖީލުތަކަށް، ހުނަރާއި ރީތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ ވެސް ހަމަ މުދައްރިސުންކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ.

އަދި މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ އެދުރުންގެ ގޮތުގައި 10،886 ޓީޗަރުން މަސައްކަތްކުރެއެވެ. އެއީ 8,147 އަންހެން ޓީޗަރުންނާއި 2,739 ފިރިހެން ޓީޗަރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރަން ކެމްޕެއިނެއް ފަށަނީޚަބަރު | 10 ދުވަސް ކުރިންދެ ދުވަސްތެރޭ ވޮކޭޝަނަލް ހައި ސްކޫލުން ދޫކުރާ ޖާގައިގެ 25 އިންސައްތަ ފުރިއްޖެޚަބަރު | 15 ދުވަސް ކުރިންއެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި ބަޔަކު ނުތިބޭނެ: ވަޒީރު ޝަފީޢުޚަބަރު | 16 ދުވަސް ކުރިންމުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ: ފަސްޓްލޭޑީޚަބަރު | 16 ދުވަސް ކުރިން